16 May 2016, 11:40
ނ.މާޅެންދޫ، މިލޭނިއަމް، ޔޫސުފް ހަސަންގެ ދޯނީގެ ކުއްޔާއި ލެތުގެ އަގަށްވާ 194،212.72 ރުފިޔާ ކޯޓުން ބޭރުން ދައްކާނެ ކަމަށް ދީބާޒާ އިންވެސްޓެމެންޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެ ނުދެއްކުމުން އެފައިސާ ކޯޓު މެދެވެރިކޮށް ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޔޫސުފް ހަސަންއާ އެކު ދީބާޒާ އިންވެސްޓެމެންޓް ޕްރައިވެޓް ލިމިޓެޑުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ކޯޓުން ބޭރުން ފައިސާ ދައްކާނެ ކަމަށް ޑިސްޕިއުޓް މަރުހަލާގައި 2015 ވަނަ އަހަރު އެއްބަސްވި ނަަމަވެސް އެފައިސާ ދައްކާފައިނުވާ ކަމަށެވެ.
އެހެންކަމުން ދޯނީގެ ކުއްޔާއި ތެލުގެ އަގަށްވާ 167،062.37 ރުފިޔާ އާއި ވަކީލު ފީއަށްވާ 27059.35 ރުފިޔާ މިއަދުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެމައްސަލަ ނިންމައި ހުކުމް ކޮށްފައިވަނީ ދީބާޒާ އިންވެސްޓެމެންޓް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޒިރުގަ އެވެ.