15 May 2016, 23:48
އައްޑޫ ސިޓީ ހިތަދޫގެ ބޮޑުމަގުގައި ދެ ސައިކަލު ޖެހި، މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 10:10 ހާ އިރު ހިތަދޫ "ފޭލި" ފިހާރަ ކައިރިން މި އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެން ކަމަށާއި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އަނިޔާވި ދެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެވެމުންދާ ކަމަށެވެ.
އަނިޔާވި ދެ މީހުންނަށް ލިބުނު ޒަޚަމްތައް ސީރިއަސް ކަމަށް މައުލޫމާތު ލިބޭ ނަމަވެސް، އަނިޔާތަކުގެ ތަފްސީލު ލިބޭ ގޮތް ނުވި އެވެ.