އެމާ މޮރާނޯއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާ އެވެ. އަދި އޭނާ އަކީ މިހާރު ދުނިޔޭގައި ހުރި، އަށާރަސަތޭކައިގެ އަހަރުތަށް ތަޖުރިބާ ކުރި ހަމައެކަނި މީހާ އެވެ.

ނަވާވީސް ނޮވެމްބަރު 1899ގައި އުތުރު އިޓަލީއަށް އުފަން އެމާ މޮރާނީގެ އުމުރުން މިހާރު 116 އަހަރެވެ.ތިން ގަރުނުގެ އަހަރުތައް ތަޖުރިބާކޮށްފައިވާ މޮރާނީގެ ދިގު އުމުރުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން، އޭނާ ބުނީ އެއީ ކޮންމެ ދުވަހަކު ދެ ރޯ ބިސް ބުއިމާއި، އަވަހަށް ނިދުމާއި ކައިވެނި ނުކޮށް ހުރުން ކަމަށެވެ.

މޮރާނީ ބުނީ އޭނާ ރޯ ބިސް ބޯން ފެށީ އޭނާގެ ފުރާވަރުގައި އެނީމިއާ ހުރުމުން، ރޯ ބިސް ބޭނުން ކުރަން ޑޮކްޓަރު ލަފާ ދެއްވުމުން ކަމަށެވެ.

މިދިޔަ އަހަރު ނިއު ޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި މޮރާނީ ބުނީ މީހަކާ ކައިވެނި ނުކޮށް ހުރުމަކީވެސް އޭނާ ދިގު މުއްދަތަކަށް ދިރި ހުންނަން އެހީތެރިވެދޭ ކަމެއް ކަމަށެވެ. މީގެ ކުރިން ކައިވެންޏެއް ކުރި ނަމަވެސް، އެއީ އުފާވެރި ކައިވެންޏަކަށް ނުވުމުން މޮރާނީ ވަނީ 1938 ވަނަ އަހަރު ވަރިވެފަ އެވެ. އަދި އޭގެ ފަހުން ކައިވެނިކޮށްފައި ނުވެ އެވެ.

"އަހަރެން ބޭނުން ނުވީ އެހެން މީހެއްގެ ދަށުވެގެން ހުންނަން،" މޮރާނީ ބުންޏެވެ.

މޮރާނީ ވަނީ މީގެ ކުރިން ކާރުހާނާއެއްގައާއި ކައްކާއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭނާ ރިޓަޔާ ކުރީ އުމުރުން 75 އަހަރުގައެވެ. އެއީ މީގެ 41 އަހަރު ކުރިންނެވެ.

މޮރާނީގެ އުމުރާ ބަލާފައި އެނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. (އިންޑިޕެންޑެންޓް)