14 May 2016, 17:00
ށ. ކޮމަންޑޫ އިން ފުރައިގެން ރ. އިފުރަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދެ ތަނަކުން ފަޅައިގެންގޮސް ދިޔަވުމާއި ގުޅިގެން އެ ލޯންޗަށް ފުލުހުން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.
ފުލުހުން ބުނީ އެ ލޯންޗު ދެތަނެއް ފަޅައިގެން ދިޔައީ ރ. ވާދޫ އާއި ރަސްގެތީމާ ދޭތެރެއިން ދަތުރުކޮށްފައި ދަނިކޮށް ކަމަށެވެ. އަދި ލޯންޗު ދެ ތަނަކުން ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދުގެ 11:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އެ ހާދިސާ ހިނގި ވަގުތު އެ ލޯންޗުން ފަޅުވެރިންނާއެކު ޖުމްލަ ފަސް މީހަކު ދަތުރުކުރި އިރު އެ ހާދިސާގައި އެއްވެސް މީހަކަސް ގެއްލުމެއް ނުވެއެވެ.
ފުލުހުންގެ އެހީތެރިކަމާ އެކު ދިޔަވަމުންދިޔަ ލޯންޗު ކަފު ޖަހައިގެން ގޮސް ރަސްގެތީމަށް ވަނީ ގެންގޮސްފަ އެވެ.
ް