14 May 2016, 16:33
ވޮޝިންޓަން(މޭ 14): އެމެރިކާގެ ދިފާއީ އިދާރާގެ ހަނގުރާމައިގެ ފައުޖުތަކުގެ ކޮމާންޑަރު ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކޮށްފި އެވެ.
އެއާ ފޯސް ޖެނެރަލް، ލޯރީ ރޮބިންސަން އެމެރިކާގެ އުތުރުގައި ހަރަކާތްތެރިވާ އަސްކަރީ ފައުޖުތަކުގެ ކޮމާންޑަރަކަށް ވުމުން އޭނާ އަކީ މިހާރު އުތުރު އެމެރިކާގެ ދިފާއީ ކަންތައްތައް ބަލަހައްޓާ އެންމެ އިސް އޮފިޝަލެވެ.
ހަނގުރާމައިގެ ފައުޖުތަކުގައި އެމެރިކާ އަންހެނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރެވެ.
"ޕެސިފިކުގައި އަޅުގަނޑުމެން ކަންތައްތައް ހަމަޖެއްސުމުގަ އާއި އަޅުގަނޑުމެންނަށް ވާގިވެރިވާ ފަރާތްތަކާ ގުޅުން ބަދަހި ކުރުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ،" ޔޫއެސް ސެކްރެޓަރީ އޮފް ޑިފެންސް، އޭޝް ކާޓާ ވިދާޅުވި އެވެ.
ހަނގުރާމައިގެ ފައުޖުތަކުގެ ކޮމާންޑަރަކަށް ރޮބިންސަން އައްޔަން ކުރުމަށް ރައީސް ބަރަކް އޮބާމާ އަށް ލަފާ ދެއްވީވެސް ޑިފެންސް ސެކްރެޓަރީ، ކާޓާ އެވެ. (ސީއެންއެން)