14 May 2016, 15:59
މާކިއުރީ އެޗްއޭއެފް އައިލެންޑް ކަޕުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި ބ. ހިތާދޫ ދަތުރުކޮށްފިއެވެ.
ހިތާދޫ ފައިނަލްގެ ޖާގައެއް ހޯދީ ރޭ ކުޅިވަރު އެކުވެނީ ވެލި ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 8-3ގެ ބޮޑު ތަފާތަކުން ދ. މާއެނބޫދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫ ޓީމްގެ ހުޒައިފަތު ރަޝީދު އެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއާ އަށް ހޮވުނު ހިތާދޫ ޓީމްގެ ހުޒައިފަތު ރަޝީދު އަށް އިނާމް ދެނީ ---
އެންމެ ފަހުފެ ޗެމްޕިއަން ތިމަރަފުށިން ފައިނަލްގެ ފަހު ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 2-1ގެ ނަތީޖާ އަކުން ރ. އަލިފުށީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ އެމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީ ޓީމްގެ ދެ ގޯލު ކާމިޔާބް ކޮށްދިން އަހުމަދު ތޯހިރު އެވެ.
އެ މުބާރާތުގެ ފައިނަލްމެޗު އޮންނާނީ މާދަމާ ހަވީރު 4:30 ގައި ކުޅިވަރު އެކުވެނީ ވެލި ދަނޑުގައެވެ.