14 May 2016, 13:35
އެކިއެކި އޮޕަރޭޝަންތަކުގައި އަދި މީހުންގެ އަތުން ފުލުހުން ހޯދާފައި ހުރި މަސްތުވާތަކެތީގެ "ހިކި ބާވަތްތައް" މިއަދު ނައްތާލައިފި އެވެ.
އެ މަސްތުވާތަކެތި ނައްތާލާފައި ވަނީ އެކަމަށްޓަކައި ދޫނިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިއަދު ނައްތާލަން ނެރެފައި ހުރި ބައެއް މަސްތުވާތަކެތި ----- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފުލުހުން ބުނީ މިއަދު ނައްތާލާފައި ވަނީ 2008 ވަނަ އަހަރުގެ 74 މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތި ކަމަށެވެ.
ފުލުހުން ބުނީ މިއަދުގެ ހަރަކާތުގައި މަސްތުވާތަކެތީގެ އިތުރުން އެތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ބައެއް ސާމާނުވެސް ނައްތާލާފައިވާ ކަމަށެވެ.
މިއަދު ނައްތާލަން ނެރެފައި ހުރި ބައެއް މަސްތުވާތަކެތި ----- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެގޮތުން މިއަދު 132 އެވިޑެންސް ނައްތާލާފައިވާ ކަމަށާއި އޭގެތެރޭގައި 623 ރަބަރު ޕެކެޓު، 224 ސެލޯފިންކޮޅު، ހަ ޕައިޕް، ހަތަރު ފޮއިލްކޮޅު، 16 ސިރިންޖު އަދި އެހެނިހެން ސާމާނުގެ ގޮތުގައި 47 އައިޓަމް ނައްތާލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މިއަދު ނައްތާލި ބާވަތްތަކުގެ ތެރޭގައި 39.96 ގްރާމް އޯޕީއެކްސް އަދި 54.33 ގްރާމް ކެނަބިސް ނައްތާލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މިއަދު ނައްތާލަން ނެރެފައި ހުރި ބައެއް މަސްތުވާތަކެތި ----- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިއީ 2008 ވަނަ އަހަރު އަޅުގަނޑުމެން އަތުލައިގަތް މަސްތުވާތަކެތީގެ ތެރެއިން ތުހުމަތެއް ނެތް މައްސަލަތަކާ ގުޅުންހުރި އެއްޗެހި،" ފުލުހުން ބުންޏެވެ.
އަދިވެސް ވަރަށް ގިނަ ބާވަތްތައް ނައްތާލަން އެބަހުރި ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.