14 May 2016, 13:31
ބާލިން(މޭ 14): ޖަރުމަނު ވިލާތުގެ ސްޓޭޓެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް މުސްލިމް އަންހެނަކު ހޮވައިފި އެވެ.
ޖަރުމަނުގެ ގްރީން ޕާޓީގެ ފަރާތުން ވާދަކުރި މުހުތިރަމް އަރަސް، އެގައުމުގެ ބޭޑެން ވާޓެމްބާގް ސްޓޭޓުގެ މަޖިލިސް އިންތިހާބު ކާމިޔާބުކޮށްފައި ވަނީ މަޖިލީހުގެ 96 މެމްބަރުންގެ ވޯޓުންނެވެ.
މުހުތިރަމް ވަނީ އޭނާ ރައީސް ކަމަށް ހޮވުމަކީ ތާރީހީ ކަމެއް ކަމަށް ވިދާޅުވެ، އޭގެއިން އެނގިގެންދަނީ އެގައުމުގައި ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުން މުޖުތަމައުގައި ބައިވެރި ކުރާކަން ކަމަށް ވިދާޅުވެފަ އެވެ.
ތުރުކީގައި އުފަންވި މުހުތިރަމް، އޭނާގެ މައިންބަފައިންނާ އެއްކޮށް ޖަރުމަނަށް ބަދަލުވީ އޭނާ ކުޑައިރުއެވެ. މުހުތިރަމްގެ ސިޔާސީ ހަޔާތް ފެށުނީ 1992 ވަނަ އަހަރު އޭނާ މިހާރުވެސް އުޅެމުންދާ ގްރީން ޕާޓީންނެވެ.
މުހުތިރަމް އަކީ މުސްލިމެއް ނަމަވެސް، އޭނާ ނިސްބަތްވާ ޕާޓީގެ މެނިފެސްޓޯގައިވާ ގޮތުން އެގައުމުގެ ގާނޫނޫ އަސާސީއާ އިސްލާމް ދީނާ ފުށޫ އަރަ އެވެ. އަދި އެޕާޓީއަކީ ބުރުގާ އެޅުން މަނާ ކުރުމަށާއި މިސްކިތްތައް ނޭޅުމަށް ގޮވާލާ ޕާޓީއެކެވެ.
ޖަރުމަނުވިލާތުގައި ދާދި ފަހުން ހެދި ސާވޭއަކުން ދެއްކި ގޮތުގައި، އެގައުމުގެ ތިން ބައިކުޅަ ދެބައި މީހުން ދެކޭ ގޮތުގައި ޖަރުމަނުގައި އިސްލާމް ދީނަށް ޖާގައެއް ނެތެވެ. (އިންޑިޕެންޑެންޓް)