14 May 2016, 09:45
ފިލްމު، "ކެޕްޓަން އެމެރިކާ: ސިވިލް ވޯރ" އިން ފުރަތަމަ ފެނިގެންދިޔަ ފިކްޝަނަލް ސުޕަހީރޯ، ބުލެކް ޕެންތާގެ މައްޗަށް މާވެލް ސްޓޫޑިއޯ އިން އުފައްދާ ފިލްމުގެ ކާސްޓަށް މައިކަލް ބީ ޖޯޑަން ގުޅިއްޖެ އެވެ.
ރަޔާން ކޫގަލާ ޑައިރެކްޓްކުރާ އަދި ޖޯއީ ރޮބާޓް ކޯލް ސްކުރިޕްޓު ލިޔެފައިވާ ފިލްމު، "ބުލެކް ޕެންތާ" އަކީ މައިކަލް ބީ ޖޯޑަންއާ ރަޔާން ކޫގަލާ އެކުގައި މަސައްކަތްކުރާނެ ތިން ވަނަ ފިލްމެވެ.
އެ ފިލްމުގައި ޖޯޑަން އަދާކުރާނެ ރޯލެއް އަދި މާވެލް އިން ހާމަކޮށްފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ ފެނިގެންދާނީ ވިލަން އެއްގެ ރޯލުންނެވެ.
އަންނަ އަހަރުގެ ތެރޭގައި ޕްރޮޑަކްޝަންގެ މަސައްކަތްފަށާ ފިލްމު، "ބުލެކް ޕެންތާ" ގައި ބުލެކް ޕެންތާގެ ރޯލުން ފެނިގެން ދާނީ، "ފެންޓާސްޓިކް ފޯ" ގައި ހިއުމަން ރޯޗްގެ ބައި އަދާކޮށްފައިވާ ޗެޑްވިކް ބޮސްމެން އެވެ.
ފިލްމުގެ މައި ރޯލުން ބޮސްމެންއާއެކު ދެން ފެނިގެންދާނީ މެކްސިކަން-ކެންޔަން އަށް އުފަން އަދި އޮސްކާ އެވޯޑް ހޯދި ފުރަތަމަ ކެންޔާގެ ބަތަލާ، ލުޕިތާ ނިޔޯންގޯ އެވެ.
"ބުލެކް ޕެންތާ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ، 16 ވަނަ ދުވަހު އެވެ.
މައުލޫމާތު: ދި ހޮލީވުޑް ރިޕޯޓަރު