13 May 2016, 23:44
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް 913 ދުވަސް ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފަހި 913 ސްޕޯޓްސް ފެސްޓިވަލް"ގައި ކުރިއަށްދާ މުބާރާތްތަކުގެ ގުރުނަގައިފި އެވެ.
ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ގުރުނެގުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު އެވެ. އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަހްމަދު ޒުހޫރު އާއި ކުޅިވަރު ފެސްޓިވަލްގައި ކުރިއަށްދާ އެކި މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުން ބައިވެރިވި އެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް 913 ދުވަސް ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފަހި 913 ސްޕޯޓްސް ފެސްޓިވަލް"ގައި ކުރިއަށްދާ މުބާރާތްތަކުގެ ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ: އެ ފެސްޓިިވަލް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު މާފަންނު ސްޓޭޑިއަމްގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އަންނަ އަންގާރަ ދުވަހު ފަށާ އެ ކުޅިވަރު ފެސްޓިވަލުގައި ހަ ކުޅިވަރު މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެއީ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތާއި، ބައިބަލާ މުބާރާތާއި، ބަށިބޯޅަ މުބާރާތާއި، ހޭންޑްބޯލް މުބާރާތާއި، ނެޓްބޯޅަ މުބާރާތް އަދި ފުޓްސަލް މުބާރާތެވެ. އޭގެ ތެރެއިން ފުޓްސަލް މުބާރާތާއި ބާސްކެޓްބޯޅަ މުބާރާތުގައި ފިރިހެން އަދި އަންހެން ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތް ފިޔަވާ ދެން ހުރި ހުރިހާ މުބާރާތެއްގެ ގުރު ނަގާފައިވެ އެވެ. ޖުމްލަ 14 ޓީމަކުން ވާދަކުރާ އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ގަވާއިދާ އެއްގޮތަށެވެ. އެ 14 ޓީމުގެ ތެރޭގައި ހިމެނެނީ ފިރިހެން ނުވަ ޓީމާއި ފަސް އަންހެން ޓީމެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް 913 ދުވަސް ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފަހި 913 ސްޕޯޓްސް ފެސްޓިވަލް"ގައި ކުރިއަށްދާ މުބާރާތްތަކުގެ ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު އަހްމަދު ޒުހޫރު ބައިވެރިވެލައްވަނީ: އެ ފެސްޓިިވަލް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު މާފަންނު ސްޓޭޑިއަމްގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ނޮކްއައުޓް އުސޫލުން ކުރިއަށްދާ ބައިބަލާ މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވެ އެވެ. އެއީ ކްލަބު ޓީނޭޖް އާއި، ވީއެންޑީޕީ އާއި، ހައްހާ ވައިކަންމައްޗާއި، މީޓް ދަ އީގަލްސް އާއި، އީގަލްސް އިން އެޗްޑީ އާއި އީގަލްސް އިން 3ޑީ އާއި ބީޖީ ނިއު ޖެނެރޭޝަން އަދި ބީޖީ ފިއުޗާ ޖެނެރޭޝަނެވެ.
ފެސްޓިވަލުގައި ކުރިއަށްދާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕު އޭގައި ހިމެނެނީ މައްޗަންގޮޅިއަށް ނިސްބަތްވާ އަރާތަރި އާއި، ހަމަ އެ އަވަށަށް ނިސްބަތްވާ ވިދުވަރު އަދި ހުޅުމާލެ ދިރުމެވެ. ގްރޫޕު ބީގައި ހިމެނެނީ ހުޅުމާލެ ވިމެންސް ސްޕޯޓްސް އާއި، މާފުށި ނިއުސްޓާ އަދި ހުޅުމާލެ ވިމެންސް ސްޓާ އެވެ. އެ މުބާރާތުގެ ގްރޫޕު އޭ އަދި ގްރޫޕު ބީގެ އެއްވަނަ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް 913 ދުވަސް ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފަހި 913 ސްޕޯޓްސް ފެސްޓިވަލް"ގައި ކުރިއަށްދާ މުބާރާތްތަކުގެ ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ފެސްޓިިވަލް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު މާފަންނު ސްޓޭޑިއަމްގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ހޭންޑްބޯލް މުބާރާތުގައި ބައިވެރިވެފައިވާ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕު އޭގައި ހިމެނެނީ އަސީސާ އާއި ޓީރެކްސް ފްރެންޑްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ. ގްރޫޕު ބީގައި ހިމެނެނީ ޕޮލިހާއި، ތައުލީމީ ގުޅުން އަދި ސިޓީ ބޭކަރީ އެވެ. ގްރޫޕް ސްޓޭޖުގެ އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ.
ނެޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ހަތް ޓީމު ވެސް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕު އޭގައި ހިމެނެނީ ޖޭއެސް ޕޭރެންޓްސް އާއި އެމްއެސް ޕޭރެންޓްސް އަދި ފިއޮންތި ސްޕޯޓްސް ކްލަބެވެ. ގްރޫޕު ބީގައި ހިމެނެނީ ބިލަބޮންގާއި ވެޓެރަންސް އަދި ޓީއެސް ޕޭރެންޓްސް އެވެ. ގްރޫޕް ސްޓޭޖުގެ އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް 913 ދުވަސް ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފަހި 913 ސްޕޯޓްސް ފެސްޓިވަލް"ގައި ކުރިއަށްދާ މުބާރާތްތަކުގެ ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ފެސްޓިިވަލް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު މާފަންނު ސްޓޭޑިއަމްގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕު އޭގައި ހިމެނެނީ އެމްއެންޑީއެފް އާއި، އެމްޕީއެލް އަދި އެސްޓީއޯ އެވެ. ގްރޫޕު ބީގައި ހިމެނެނީ އެމްއޭސީއެލް އާއި ޓީމު ފެނަކަ އަދި ޕޮލިހެވެ. ގްރޫޕު ސްޓޭޖުގެ އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ.
ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ 12 ޓީމު ބަހާލާފައިވަނީ ހަތަރު ގުރޫޕަކަށެވެ. ގްރޫޕު އޭގައި އެޗްޑީސީ އާއި އެމްޑަބްލިޔުއެސްސީ އަދި އެސްޓީއޯ ހިމެނޭއިރު، ގްރޫޕު ބީގައި ހިމެނެނީ އެމްޓީސީސީ އާއި، ސްޓެލްކޯ އަދި އެމްޕީއެލް އެވެ. ގްރޫޕު ސީގައި މޯލްޑިވިއަން އާއި ކްލަބު އިމިގްރޭޝަން އަދި ބީއެމްއެލް ހިމެނޭއިރު، ގްރޫޕު ޑީގައި ހިމެނެނީ އެމްއާރްޑީސީ އާއި ޓީމު ފެނަކަ އަދި އެމްއޭސީއެލް އެވެ. ގްރޫޕު ސްޓޭޖުގެ އެއްވަނަ އަދި ދެވަނަ ޓީމު ދަތުރުކުރާނީ ކުއާޓާ ފައިނަލަށެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް 913 ދުވަސް ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފަހި 913 ސްޕޯޓްސް ފެސްޓިވަލް"ގައި ކުރިއަށްދާ މުބާރާތްތަކުގެ ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ފެސްޓިިވަލް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު މާފަންނު ސްޓޭޑިއަމްގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އަންނަ އަންގާރަ ދުވަހުގެ ހަވީރު ފެށުމަށް ހަމަޖެހިފައިވާ ފަހި 913 ސްޕޯޓްސް ފެސްޓިވަލުގެ ބައެއް ހަރަކާތްތައް އެ ދުވަހުގެރޭ ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެ ފެސްޓިވަލުގައި ހިމެނޭ ފުޓްސަލް މުބާރާތް ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވީ ނަމަވެސް، ދެން ހުރި މުބާރާތްތައް ފެސްޓިވަލް ފަށާ ދުވަހު ނިންމާލުމަށް ހަމަޖެހިފައިވެ އެވެ.
މާފަންނު ސްޓޭޑިއަމްގެ ބޮޑު ބައެއްގައި ކުރިއަށްދާ އެ ފެސްޓިވަލުގައި ކުޑަކުދިންނާއި އެކި އުމުރުފުރާތަކުގެ ފަރާތްތަކަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.