ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރުމަށް ހައިރައިސްއިން އިންތިޒާމުކޮށްގެން "ވެކޭޝަން އެކްސްޕޯ 2016" ގެ ނަމުގައި ބާއްވާ އިވެންޓްގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހަވީރު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައި އެންޑޯސްމެންޓް ޕާޓްނަރުންނާއި ޕްރިންސިޕަލް ސްޕޮންސަރުން އަދި މީޑިއާ ޕާޓްނަރުންނާއިއެކުވެސް ވަނީ ސޮއިކޮށްފަ އެވެ. އެރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައިރައިސްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ ހައިރައިސްއަކީ މީގެކުރިންވެސް ވަރަށް ގިނަ އިވެންޓްތަކެއް ބާއްވަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެހެންނަމަވެސް އަބަދުވެސް ރާއްޖެއަށް އާ ކަންތައްތަކެއް ތައާރަފްކުރުމަށް ވިސްނާ ކަމަށްް އިސްމާއިލް ވިދާޅުވި އެވެ.

"ވެކޭޝަން އެކްސްޕޯ 2016" ޕާޓްނަރުންނާއި އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވެކޭޝަން އެކްސްޕޯއަކީ ފަތުރުވެރިކަން ރާއްޖެއަށް އިޝްތިހާރުކުރާ ހައިރައިސްގެ ދެވަނަ ބްރޭންޑް ކަމަށާއި ނަމަވެސް އެކްޒޒިބިޝަންއެއްގޮތަށް ބާއްވާ ފުރަތަމަ ބްރޭންޑް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"އިންޓާނަލް ޓޫއަރިޒަމް ނުވަތަ ގައުމުގެ ތެރޭގެ ޓުއަރިޒަމްއަށް ވަރށް ބޮޑެތި ފުރުސަތުތަކެއް މި ފެއާއިން ހުޅުވިގެންދާނެ. މި އިވެންޓުން ލިބިގެން މިދަނީ ކުރިއާލާ ރާވައިގެން ހޮލިޑޭ ޕްލޭން ކުރުމުގެ ފުރުސަތު" އިސްމާއިލް ހަމީދު ވިދާޅުވި އެވެ.

ވެކޭޝަން އެކްސްޕޯގެ އެންޑޯސްމެންޓް ޕާޓްނަރުންގެ ގޮތުގައި އެމްއެމްޕީއާރުސީ، މަޓާޓޯ، ލޭމް އަދި އެމްއެންސީސީއައި ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. އެ އިވެންޓުގެ ޕްރިންސިޕަލް ޕާޓުނަރަކަށް އިނާ މޯލްޑިވްސް ހަމަޖައްސާފައިވާއިރު އެސޯސިއޭޓް ޕާޓްނަރުންނަކީ ހޮޓެކް ޖެންއާއި ކެޗް މޯލްޑިވްސް އެވެ.

މީޑިއާ ޕާޓނަރުންގެ ގޮތުގައި ޓީވީ އަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން ޕާޓްނަރުންގެ ގޮތުގައި އަވަސް އޮންލައިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އަދި ޕްބްލިކޭޝަން ޕާޓްނަރަކަށް ގެސްޓް ހައުސް އޮފް މޯލްޑިވްސް އަދި ކޭޓަރިންގް ޕާޓްނަރަކަށް ހޮޓެލް ޖެން އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް އައްސަދު ފޮޓޯގްރަފީ ވަނީ ހަމަޖައްސާފަ އެވެ.