13 May 2016, 11:40
އަންނަ މަހު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ބެލިޖިއަމްގެ 24 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފި އެވެ.
ބެލްޖިއަމްގެ ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ވިންގާ އެޑެން ހަޒާޑް ހިމެނެ އެވެ. މި ސީޒަނުގައި ޗެލްސީއަށް އެންމެ ރަނގަޅު ކުޅުމެއް ހަޒާޑްއަށް ވަނީ ދެއްކޭގޮތަށް ނުވެފަ އެވެ. ހަޒާޑުގެ އިތުރުން ބާސެލޯނާއާއެކު ގިނަ މެޗުތަކެއް ކުޅެފައިނުވާ ޑިފެންޑަރު ތޯމަސް ވަމާލިން ވެސް ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ.
ބެލްޖިއަމްގެ ކެޕްޓަން ވިންސެންޓް ކޮމްޕަނީއަށް ކުރިމަތިވެފައިވާ އަނިޔާގެ ސަބަބުން އޭނާ ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ. މެންޗެސްޓާ ސިޓީގައި ވެސް ކެޕްޓަންކަމުގެ މަގާމު އަދާކުރަމުންދާނީ ހަޒާޑް އެވެ.
"ކޮމްޕެނީ ނެތުމަކީ އަހަރެމެންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އޭނާއަކީ އަހަރެމެންގެ ލީޑަރު. ކޮމްޕެނީ ދެން ޖެހޭނީ އޭނާގެ ރިކަވަރީއާއި ސިއްހަތަށް ބަލައިގެން އުޅެން،" ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ބުންޏެވެ.
ބެލްޖިއަމްގެ 24 ކުޅުންތެރިން ސްކޮޑު
ގޯލްކީޕަރުން:
ތިބައުޓް ކޯޓުވާ (ޗެލްސީ)، ސިމޮން މިގްނޮލޭ (ލިވަޕޫލް)، ޖިއާން ފްރެންކޮއިސް ގިލެޓް (މެޗެލެން).- ޑިފެންޑަރުން:ޓޮބީ އަލްޑާވެރެލްޑް، ޖޭން ވާޓޮންގެން (ޓޮޓެންހަމް)، ނިކޮލަސް ލޮންބާޓްސް (ޒެނިތި ސެއިންޓް ޕީޓަސްބާގް)، ޖާސަން ޑެނަޔާ (މެންޗެސްޓާ ސިޓީ، ލޯނުގެ ދަށުން ގަލަތަސަރާއީ)، ޑެރީކް ބޮޔާޓާ (ސެލްޓިކް)، ބިޖޯން އެންގެލްސް (ކްލަބު ބުރޫޖް)، ޖޯޑަން ލުކާކޫ (އޫސްޓެންޑެ)، ތޯމަސް މެއުނިއާ (ކްލަބު ބުރޫޖް)، ތޯމަސް ވަމާލިން (ބާސެލޯނާ).
- މިޑްފީލްޑަރުން:އެކްސެލް ވިޓްސަލް (ޒެނިތު ސެއިންޓް ޕީޓަސްބާގް)، މާރުއާން ފެލާނީ (މެންޗެސްޓާ ޔުނައިޓެޑް)، މޫސާ ޑެމްބެލޭ (ޓޮޓެންހަމް)، ރާޖާ ނައިންގޮލާން (ރޯމާ).
- ފޯވަޑުން:އެޑެން ހަޒާޑް (ޗެލްސީ)، ކެވިން ޑި ބްރޭނާ (މެންޗެސްޓާ ސިޓީ)، ރޮމެލޫ ލުކާކޫ (އެވަޓަން)، ޑްރައިސް މާޓެންސް (ނަޕޯލީ)، މިޗީ ބަޓްޝުއަޔީ (މާސޭ)، ކްރިސްޓިއަން ބެންޓޭކޭ، ޑިވޮކް އޮރީގީ (ލިވަޕޫލް)، ޔެނިކް ފެރޭރާ ކަރަސްކޯ (އެތުލެޓިކޯ މެޑްރިޑް).