ގައި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހެންވޭރުގައި މާރާމާރީ ހިންގާފައި ވަނީ ސައިކަލުގައި އައި ތިން މީހަކު، ވައިޖެހޭ މަގުގައި ހުރި މީހެއްގެ ގައިގައި ތަޅައިގަނެގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، މާރާމާރީގެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މާރާމާރީގައި ވައިޖެހޭ މަގުގައި ހުރި ޒުވާނަކަށް ހަމަލާ ދީ އޭނާ ވަނީ ޒަހަމް ކޮށްލައިފަ އެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް އޭނާއަށް ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގި މީހުން ސައިކަލުތައް ދޫކޮށްލާފައި ފިލާފައިވާ ކަަމަށެވެ. އަދި އެ ތިން ސައިލަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.