ކ. ގުރައިދޫ ހުޅަނގު ފަރާތުގައި އަޅާފަތް އޮތް ލޯންޗެއްގެ ވައު ކަނޑައިގެން ގޮސް އޮޔާދަނިކޮށް ފުލުހުންގެ މަސައްކަތުން އެ ލޯންޗު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އެ ލޯންޗު އޮޔާދަނިކޮށް ފެނިފައިވަނީ މިއަދު 18:00 ހާއިރު، ގުރައިދޫ ހުޅަނގުފަރާތުން ގޮޑު ދޮށުގައި ތިބި ފުލުހުންގެ ބަޔަކަށް ކަމަށެވެ.

އަދި އެ ލޯންޗު އޮޔާދާތަން ފެނުމާ ގުޅިގެން އެވަގުތު އެތަނުގައި ތިބި ހަތަރު ފުލުހަކު ފަތާފައި އެލޯންޗު ކައިރިއަށް ގޮސް ލޯންޗު ސަލާމަތްކޮށް ގުރައިދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

އެ ހާދިސާގައި ލޯންޗަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެ ލޯންޗު އޭގެ ވެރިފަރާތާ ހަވާލު ކުރުމުގެ މަސައްކަތް މިހާރު ފުލުހުން އަންނަނީ ކުރަމުންނެވެ.