ފްރާންސްގައި އަންނަ މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްވިޑަން ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފި އެވެ.

އެރިކް ހަމްރެންގެ އިރުޝާދުގެ ދަށުން ޔޫރޯގައި ވާދަކުރާ ސްވިޑަންގެ 23 ކުޅުންތެރިންގެ ސްކޮޑުގައި އަނިޔާގައި ހުރި، ޖަރުމަނުގެ ހެމްބާގަށް ކުޅެމުންދާ މިޑްފީލްޑަރު އަލްބިން އެކްޑަލް ވަނީ ހިމަނައިފަ އެވެ.

ޓީމުގެ ކެޕްޓަން އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ތަރި ޒްލަޓަން އިބްރަހިމޮވިޗް ވެސް ވަނީ ޓީމުގައި ހިމަނައިފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކުރި ސްވިޑަންގެ ޒުވާން ޓީމަށް ކުޅުނު ހަ ކުޅުންތެރިޔަކު ވެސް ސްކޮޑުގައި ހިމަނާފައިވެ އެވެ.

ސްވިޑަންގެ 23 ކުޅުންތެރިން ސްކޮޑު

  • ގޯލްކީޕަރުން:އަންދްރޭސް އިސަކްސަން (ކަސިމްޕަސާ)، ރޮބިން އޮލްސެން (ކޯޕެންހޭގަން)، ޕެޓްރިކް ކާލްގްރެން (އޭއައިކޭ).
  • ޑިފެންޑަރުން:މިކައެލް މުސްޓިގް (ސެލްޓިކް)، މާޓިން އޮލްސަން (ނޮވިޗް ސިޓީ)، ލުޑްވިގް އިގަސްޓިންސަން، އެރިކް ޖޮހަންސަން (ކޯޕެންހޭގަން)، އަންދްރީސް ގްރެންގްވިސްޓް (ކްރަސްނޮޑަރް)، ވިކްޓާ ލިންޑެލޮފް (ބެންފީކާ)، ޕޮންޓަސް ޖެންސަން (ޓޮރީނޯ).
  • މިޑްފީލްޑަރުން:ކިމް ކޯލްސްޓްރޮމް (ގްރާސްހޮޕާސް)، ޕޮންޓަސް ވާންބްލޫމް (ސީއެސްކޭއޭ މޮސްކޯ)، އޮސްކާ ލެވިކީ (މަލްމޯ)، އެމިލް ފޯސްބާގް (އާރްބީ ލެއިޕްޒިގް)، ޖިމީ ޑުރްމާޒް (އޮލިމްޕިއާކޯސް)، ސެބަސްޓިއަން ލާސަން (ސަންޑަލޭންޑް)، އާކަން ޒެންގިން (ޓްރަބްޒަންސްޕޯ)، އަލްބިން އެކްޑަލް (ހެމްބާގް)، އޮސްކާ ހިލްޖެމާކް (ޕަލާމޯ).
  • ފޯވަޑުން:ޒްލަޓަން އިބްރަހިމޮވިޗް (ޕީއެސްޖީ)، މާކަސް ބާގް (ޕެނަތިނައިކޯސް)، ޖޯން ގުއިޑެއްޓީ (ސެލްޓާ ޑެ ވިގޯ)، އެމިރް ކުޖޮވިޗް (އައިއެފްކޭ ނޯރްކޮޕިންގް).