12 May 2016, 16:45
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މި އަހަރުގެ ކުޅިވަރު ކަލަންޑަރަށް ބަދަލުތަކެއް ގެނެސްފި އެވެ.
ވީއޭއެމްގެ މި އަހަރުގެ ކަލަންޑަރަށް ބަދަލު ގެނެސްފައިވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ސެންޓްރަލް ޒޯން ކަލަންޑަރަށް ގެނެވުނު ބަދަލާ ގުޅިގެންނެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ކުރިން ހަމަޖެހުނު ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕް ވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ފަސްކޮށްފަ އެވެ.
އޭގެ އިތުރުން ސޮނީ ސްޕޯޓްސް ރިސޯޓް ވޮލީބޯޅަ ޗެންޕިއަންސް ލީގު ވެސް ވަނީ ފަސްކޮށްފަ އެވެ. މިހާރު އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ވީއޭއެމްއިން ގިނަ މުބާރާތްތަކެއް ބޭއްވުމަށް ނިންމާފައިވެ އެވެ.