12 May 2016, 12:47
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ސާފު ފައިދާގެ ގޮތުގައި 29.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ ފުރަތަމަ ތިންމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މާޗްމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް ވަނީ ގްރޮސް ޕްރޮފިޓްގެ ގޮތުގައި 71.3 މިލިއަން ރުފިޔާ ލިބިފަ އެވެ.
ހަރަދުތައް ކެނޑުމަށްފަހު ޓެކުހަށް ކެނޑުމުގެ ކުރިން ފުރަތަމަ ކުއާޓާގައި 35.1 މިލިއަން ރުފިޔާ އެމްޓީސީސީއަށް ވަނީ ލިބިފަ އެވެ.
ފުރަތަމަ ކުއާޓަރުގައި 29.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރުގެ ޖުމްލަ ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 185.68 މިލިއަން ރުފިޔާ އެވެ.