ގެއްލިގެން އިއްޔެ ހޯދަމުން ދިޔަ އއ. ރަސްދޫ، ރެޑްފްލާވަރ ޙުސައިން މުޙައްމަދު 33، މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހުސައިން މުހައްމަދު ފެނުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވެގެން އެ މީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.