ހުޅުމާލޭގެ ބޮޑުމިސްކިތް، މަސްޖިދުލް އަލް ޝެއިހް ގާސިމް ބިން އަލްތާނީ މިސްކިތުން ފެން ލީކްވުމުގެ މައްސަލަ ހައްލުކޮށްފި އެވެ.

އެ މިސްކިތުގެ ގުއްބުން ފެން ލީކުވެ ވާރޭ ވެހޭތީ މީގެކުރިން ނަމާދު ކުރަމުން ދިޔައީ ފުޅިބުރި ބަހައްޓައިގެންނެވެ. އެއީ ވަރަށް ޒަމާންވީ މައްސަލައެކެވެ. ސަން އިން މީގެ ކުރިންވާނީ އެކަން ގެނެސްފައެވެ.

ހުޅުމާލޭ ބޮޑު މިސްކިތުގެ ތެރެއަށް ފެން ވެހޭތީ "ފުޅިބުރި" ބަހައްޓާފައި-- ސަން ފައިލް ފޮޓޯ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ އެމިސްކިތުގެ ގުއްބުން ފެން ލީކްވުން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އެގޮތުން ގުއްބުގެ ޕެކިންތައް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.

ހުޅުމާލޭ މިސްކިތް މަރާމާތުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެޗްޑީސީ

އެ މިސްކިތައް ފެން ލީކްވާ މައްސަލަ އެތައް ޒަމާނެއްފަހުން ރަނގަޅުކޮށްފައިވާއިރު އަދިވެސް އެމިސްކިތައް ވަނީ އެހެން މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން އެ މިސްކިތުން ތަށިމުށިތައް ނެއްޓޭ މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ.