11 May 2016, 20:58
ނައިޓްމާކެޓަށް ޒިޔާރަތްކުރާ އަންހެނުންނަށް "ޖިންސީފުރައްސާރަ" ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދީފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިފަހަރުގެ ނައިޓްމާކެޓްގެ ސެކިއުރިޓީ ކަންކަން ނައިޓްމާކެޓް ހިންގާ ފަރާތުން ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން ސެކިއުރިޓީ ކެމެރާތައް ހަރުކޮށް، އެމްއެމްއޭސީގެ މުވައްޒަފުން ހަރަކާތްތެރިވެ އެވެ.
އޭގެ އިތުރުން ފުލުހުން ވެސް ދަނީ ތަން ބަލަހައްޓަމުންނެވެ.