11 May 2016, 17:46
މާފަންނުގައި ފުޓްބޯޅަ ކުޅުމަށް ހާއްސަކޮށްފައިވާ އެކުވެނި ކުޅިވަރު ދަނޑުގައި ހުރި ގާތައް ނަގައި ބިން ސާފުކޮށް ބައެއް މަރާމާތުތައް ކުރަން ފަށައިފި އެވެ.

އެކުވެނި ދަނޑު ސާފުކޮށް ނަގާފައިވާ ގާތަކެއް ----- ސަން ފޮޓޯ/ ހުސެއިން ހަސަން
އެކުވެނި ދަނޑަށް ކުޅެންދާ ފަރާތްތަކުން އަންނަނީ އެތަނުގެ ހާލަތާމެދު އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދަނޑުގައި ގާ ހުރުމާއި، ލައިޓުތައް މައްސަލަޖެހިފައި ހުރުމާއި ދަނޑުގައި ފެން ބޮޑުވުން އެއީ އެންމެ ބޮޑު ޝަކުވާތަކެވެ.
އެތަން މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަނީ މޯލްޑިވްސް ރޯޑްސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިންނެވެ.
އެމްއާރުޑީސީން މިހާރު ކުރަމުން އަންނަނީ ދަނޑުގައި ހުރި ގާތައް ނަގައި ބިން ސާފުކޮށް އެއްވަރު ކުރުމުގެ މަސައްކަތެވެ. ރޭގައި ވަނީ އެތަނުގެ ލައިޓުތައް ރަނގަޅުކޮށްފަ އެވެ.

އެކުވެނި ދަނޑު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ----- ސަން ފޮޓޯ/ ހުސައިން ހަސަން
ގިނަ ޒުވާނުންތަކެއް ކޮންމެ ދުވަހަކުވެސް ފުޓުބޯޅަ ކުޅުމަށްދާ އެކުވެނި ދަނޑު ސާފުކޮށް ތަނުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު މީގެ ދުވަސްކޮޅެއް ކުރިން "ސަން" އިން ވާނީ އެތަނުގެ ހާލަތު ބަޔާންކޮށް ގެނެސްދީފަ އެވެ.