10 May 2011, 17:34
ރާއްޖެއިން ބޭރަށް ގުޅައިގެން ހޭދަވާ ކޮންމެ ފަސް މިނެޓަކަށް އިތުރު ތިން މިނެޓު ހިލޭ ލިބޭ ޕްރޮމޯޝަނެއް ވަތަނިއްޔާއިން މިއަދު ފަށައިފި އެވެ.
ވަތަނިއްޔާއިން ބުނީ ހޭދަ ކުރާ ކޮންމެ ފަސް މިނެޓަކަށް ތިން މިނެޓު ހިލޭ ލިބޭ ޕްރޮމޯޝަނުގައި ހިމެނޭނީ 10 ގައުމެއް ކަމަށެވެ. އެއީ އިންޑިޔާ އާއި ސްރީ ލަންކާ އާއި ބަންގްލަދޭޝާއި ނޭޕާލާއި ތައިލެންޑާއި މެލޭޝިޔާ އާއި ސައުދީ އަރަބިއްޔާ އާއި ފިލިޕީސް އާއި ޔޫއޭއީ އަދި އިންޑޮނޭޝިޔާ ކަމަށް ވަތަނިއްޔާއިން ބުނެ އެވެ.
ވަތަނިއްޔާއިން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.