11 May 2016, 12:40
މާލެއިން މީހަކު ގެއްލިގެން ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އުމުރުން 30 އަހަރުގެ އއ. ރަސްދޫ، ރެޑްފްލާވަރ ޙުސައިން މުޙައްމަދު މިމަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއިން ނުކުމެގެން ދިޔަގޮތަށް އޭނާގެ ޚަބަރެއް ނުވެގެން ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެއްގައި އާއިލާއިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިހާތަނަށް ކުރި މަސައްކަތުން އޭނާ ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކުރައްވައި ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.