11 May 2016, 01:16
ގިނަ ހަދިޔާތަކަކާއެކު މީޑިއާ ނެޓުން ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ ޖޫންމަހުގެ 11 އާއި ހަމައަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ތެރޭގައި މީޑިއާގެ އާ ކަނެކްޝަނެއް ގަންނަ ފަރާތްތަކަށް ހުރިހާ ޗެނަލްތަކެއް އެއްމަހު ހިލޭ ލިބޭއިރު ލަކީ ޑްރޯއަކަށް ނަން ހުށަހެޅޭނެއެވެ. އެ ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ތުރުކީގެ އިސްތަންބޫލަށް ދިއުމުގެ ދެކޮޅުގެ ޓިކެޓު ލިބިގެންދެއެވެ.
އެމުއްދަތުގެ ތެރޭގައި މީޑިއާ ނެޓުގެ ސޭލްސް ސެންޓަރުން ޓްރާންސެކްޝަން ހަދާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ކޮލަމްބޯ ދެކޮޅު ޓިކެޓު ދިނުމަށްވެސް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް އިތުރު ހަދިޔާތައް ދެވިގެންދާނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.
ހަމައެއާއެކު އެމުއްދަތުގެ ތެރޭގައި މީޑިއާނެޓުގެ އާ ހިދުމަތެއް ނުވަތަ އިތުރު ހިދުމަތެއް ނަގާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ޓީވީއެއް ދިނުމަށް ވަނީ ނިންމާފައެވެ.