10 May 2016, 17:43
ދުބާއީގެ އެލް ސަބާ ބްރޭންޑުގެ ކިރު ޕެކެޓާއި، އިންޑޮނޭޝިއާގެ ނަބާޓީ ބްރޭންޑުގެ ޕްރޮޑަކްޓްތަކެއް އެސްޓީއޯއިން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.
މި ޕްރޮޑަކްޓްތައް ލޯންޗު ކޮށްފައި ވަނީ، ކުޑަކުދިންގެ ދުވަހާ ދިމާކޮށް، މިއަދު އެސްޓީއޯ ސުޕަމާޓުގައެވެ.

އެލް ސަބާ އަދި ނަބާޓީ ބްރޭންޑުގެ ޕްރޮޑަކްޓްސް ލޯންޗު ކުރުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
އެސްޓީއޯގެ ބްރޭންޑް މެނޭޖަރު އަބްދުﷲ ހުޒާމް ވިދާޅުވީ، ދުބާއީގެ އެލް ސަބާ ބްރޭންޑުގެ ޖޫސް މީގެ ކުރިން ތައާރަފު ކުރެވިފައި ވާނެ ކަމަށާއި، މިއަދު ތައާރަފު ކުރެވުނީ އެ ބްރޭންޑުގެ، ތިން ފްލޭވާއެއްގެ ކިރު ކަމަށެވެ. އެއީ ޗޮކްލެޓާ، ސްޓްރޯބެރީގެ އިތުރުން ބަނާނާ ފްލޭވާ އެވެ.
މީގެ އިތުރުން، ހުޒާމް ވިދާޅުވީ އިންޑޮނޭޝިއާގެ ނަބާޓީ ބްރޭންޑުގެ ވެފާއާއި، ޗޮކްލެޓާއި ޗީޒް ފްލޭވާޑް ރޯލްސް ފަދަ ބާވަތްތަކާ އެކު، ޖުމްލަ 12 ޕްރޮޑަކްޓެއް ބާޒާރަށް ނެރެފައިވާނެ ކަމަށެވެ.

އެސްޓީއޯގެ ބްރޭންޑް މެނޭޖަރު އަބްދުﷲ ހުޒާމް މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
މި ޕްރޮޑަކްޓްތައް ލޯންޗު ކުރުމާ ގުޅިގެން، މިއަދު އެސްޓީއޯ ސުޕަމާޓުން 100 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް އެލް ސަބާ ބްރޭންޑުގެ ޕްރޮޑަކްޓްސް، އަދި 200 ރުފިޔާއިން މަތީގެ ވިޔަފާރިތަކަށް ނަބާޓީ ބްރޭންޑުގެ ޕްރޮޑަކްޓްސް ހިލޭ ލިބޭނެ ކަމަށެވެ.
މީގެ އިތުރުން، ކުރިޔަށް އޮތް ހުކުރު ދުވަހު (13 މެއި 2016)ގެ ހަވީރު، އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ގޯތި ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް އެސްޓީއޯއިން ވަނީ ހަމަޖައްސައިފަ އެވެ. އެ ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި، މައުލޫމާތު ދިނުމުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބައެއް ޕްރޮޑަކްޓްތައް ރަހަ ބެލުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެ އެވެ.