Last Updated:
10 year 6 month ago

ފުލްޓައިމް: ނިއު 0-0 ކާޔާ

    ބުލޮގު ޚުލާސާ

    އޭއެފްސީ ކަޕުގެ ގްރޫޕް އެފްގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ފިލިޕީންސްގެ ކާޔާ އެފްސީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު 5:00 ގައި ކުޅޭ ގްރޫޕް އެފްގެ ފަހު މެޗަށް ނިއު އާއި ކާޔާ ނުކުންނަ އިރު:

    • ގްރޫޕު އެފްގެ ދެ ވަނައިގައި ކާޔާ އެފްސީ އޮތްއިރު، ނިއު ރޭޑިއަންޓް އޮތީ ގްރޫޕުގެ އެންމެ ފުލުގައި. ނިއުއަކީ މުބާރާތާ އަލްވަދާއު ކިޔާފައިވާ ޓީމެއް. ކާޔާއަށް ކުޅުނު ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ނިއުއަށް ފަސް މެޗުން ލިބިފައިވަނީ ދެ ޕޮއިންޓް.

    • ގްރޫޕް އެފްގެ އެއްވަނައިގައި އޮތް ހޮންކޮންގެ ކިޗީއަށް ކުޅުނު ފަސް މެޗުން ދިހަ ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ތިން ވަނައިގައި އޮތް ސިންގަޕޫރުގެ ބަލެސްޓިއާ ޚަލްސާއަށް ލިބިފައިވަނީ ހަތް ޕޮއިންޓް. ގްރޫޕުގައި ނިއު ފިޔަވާ ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތް.
    • ރަށުން ބޭރުގައި ކާޔާ އެފްސީއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުން ބަލިވެފައިވަނީ 1-0 ލަނޑުން. އެ މެޗުގައި ކާޔާ އެފްސީގެ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި.
    18:55

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމިއްޖެ. މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.

    18:51

    ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓު ދައްކައިފި.

    18:42

    ނިއުއިން ބަދަލެއް. ސާދިންގެ ބަދަލުގައި ކުޅެން ނުކުތީ ފަރުހާދު އިސްމާއިލް (ފަރޭ).

    18:40

    78"- ކާޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. ކާޔާގެ ހާފުގައި ހުރެފައި ބޮރޮމިއޯ ދިން ބޯޅައަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ބިޑިކް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

    18:38

    ކާޔާގެ ފަހު ބަދަލު ގެނެސްފި. މިގެލް ޓަންޓޮންގެ ބަދަލުގައި ކުޅެން ނުކުތީ ސިއާން ޕެޓްރިކް ކޭން.

    18:35

    ކާޔާއިން އިތުރު ބަދަލެއް ގެނެސްފި. ސޮރިއާނޯގެ ބަދަލުގައި ކުޅެން ނުކުތީ ޖޫލިއާން މެތިއުސް.

    18:34

    ކާޔާއިން ބަދަލެއް. ޝިރްމާރްގެ ބަދަލުގައި ކުޅެން ނުކުތީ ޗާލީ ބީޓަން.

    18:32

    71"- ޑެނިއެލްސް ދިން ބޯޅައަކުން ކްލާކް އުފެއްދި ހަމަލާގައި ބާރެއް ނެތް. އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.

    18:25

    64"- ނިއުއިން ބަދަލެއް. ރިލޭގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ސުހައިލް (ބަންޕުޗް).

    18:15

    54"- ކާޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. ޑެނިއެލްސް ނަގައިދިން ހުރަހަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޝިރްމާރް ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

    18:11

    50"- ކާޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ގޯލު ކުރިމައްޗަށް ހަމްޕު ރީތި ބޯޅައެއް ދިން ނަމަވެސް އެ ބޯޅަ ލިބޭ ހިސާބުގައި ނިއުގެ ކުޅުންތެރިއެއް ނެތް.

    18:10

    49"- ކާޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. ސާދިން ކައިރިން ނައްޓާލުމަށްފަހު ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ޝިރްމާރް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

    18:06

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދެވަނަ ހާފު ފެށީ ކާޔާ އިން.

    17:50

    މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.

    17:48

    ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓު ދައްކައިފި.

    17:47

    44"- ކާޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. ކާޔާއަށް ލިބުނު ހިލޭ ޖެހުމަކުން ޑެނިއެލްސް އުފެއްދި ހަމަލާ ކީޕަރު ސުލޭމާނާ ވަނީ މަތަކޮށްފަ.

    17:42

    38"- ނިއުއަށް ލަނޑުޖަހާނެ ފުރުސަތެއް. ސާދިން ދިން ބޯޅައަކުން ކާޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ރިލޭ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    17:39

    35"- ކާޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަމްޕު އުފެއްދި ހަމަލާ، މަސަނާރީ ބްލޮކްކޮށްފި.

    17:37

    34"- ކާޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު އެންޓޮންއަށް ކުރި ފައުލަކާ ގުޅިގެން ސާދިންއަށް ރީނދޫ ކާޑެއް ދައްކައިފި.

    17:32

    28"- ނިއުއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. ރިލޭ ނަގައިދިން ހުރަހަކުން ކާޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އިއްޒަތު ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލު ހުރަސްކޮށް، ބޭރަށް.

    17:22

    18"- ކާޔާ އެފްސީގެ ކީޕަރު އެންޓޮން ކުރިއަށް ނުކުމެ ހުރުމާއެކު، ޕެނަލްޓީ އޭރިޔާ ބޭރުން ރިލޭ ހަމަލާއެއް އުފެއްދި ނަމަވެސް ގޯލާ އަމާޒެއް ނުވި.

    17:14

    10"- ހަމްޕު ނަގައިދިން ހުރަހަކުން ކާޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސާދިން ނުރައްކާކުރުމުގެ ކުރިން ކީޕަރު އެންޓޮން އެ ބޯޅަ ހޯދައިފި.

    17:12

    8"- ނިއުއަށް ލަނޑުޖަހާނެ ފުރުސަތެއް. ހަމްޕު ދިން ބޯޅައެއް ހިފައިގެން ކާޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ސާދިން އުފެއްދި ހަމަލާ ކީޕަރު އެންޓޮން ވަނީ ފަސޭހަކަމާއެކު ހޯދައިފަ.

    17:08

    4"- ކާޔާ އެފްސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް. ކާޔާގެ ހާފުގެ ތެރެއިން ލިބުނު ހިލޭ ޖެހުމަކުން މުނޯޒް ނަގައިދިން ހުރަހުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ކްލާކް ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

    17:03

    މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ނިއުއިން.

    17:00

    ކާޔާ އެފްސީގެ ފުރަތަމަ 11:

    • މެތިއު އެކްޓަން - ގޯލްކީޕަރު

    • މަސަނާރީ އޮމުރާ
    • ޖޫނިއާ މުނޯޒް
    • މިގެލް ޓަންޓޮން
    • ލުއިސް ކްލާކް
    • އެންޓޯނިއޯ އުގާޓޭ
    • ކެންޝީރޯ ޑެނިއެލްސް
    • އެލެކްސެންޑާ ޗާލްސް ބޮރޮމިއޯ - ކެޕްޓަން
    • ޖެންރިކް ސޮރިއާނޯ
    • ޖޮވިން ބެޑިޗް
    • ޝިރްމާރް ފެލޮންގްކޯ
    16:57

    ނިއުގެ ފުރަތަމަ 11:

    • ސުލޭމާނާ އަބޫ - ގޯލްކީޕަރު

    • ސެގުން މައިކަލް އަވޮނިޔީ
    • ހަމްޒާ މުހައްމަދު (ހަމްޕު)
    • ރިލްވާން ވަހީދު (ރިލޭ)
    • މުހައްމަދު ސާދިން
    • އަބްދުﷲ ހަނީފް (ބަންޖޯ)
    • އިއްޒަތު އަބްދުލް ބާރީ
    • މުހައްމަދު ރަޝީދު (ހޮކޭ) - ކެޕްޓަން
    • އަހްމަދު ނުހާދު
    • އަހްމަދު ނިޔާޒް (ނިޔާ)
    • ވިލިޗްކޯވް މިޓްކޯވް