ވިޕުލް އަމްރުތުލާލް ޝާހުގެ ކުރިއަށް އޮތް ފިލްމު "ނަމަސްތޭ އިންގްލޭންޑް"ގައި އަކްޝޭ ކުމާރު އަދި ސޮނާކްޝީ ސިންހާ އެކުގައި ފެނިގެންދާނެ ކަން ޔަގީންވެއްޖެ އެވެ.

އެ ފިލްމުން އަކްޝޭ އާއެކު ފެނިގެންދާނީ އަނުޝްކާ ޝަރުމާ ނުވަތަ ކަންގަނާ ރަނާވަތު ކަމަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް، ސޮނާކްޝީ ވަނީ "ނަމަސްތޭ އިންގްލޭންޑް" އިން އޭނާ ފެނިގެންދާނެކަން ކަށަވަރުކޮށްދީފަ އެވެ.

މިއީ އަކްޝޭ އާއި ސޮނާކްޝީ އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ދެ ތަރިން ވަނީ ކާމިޔާބު ތިން ފިލްމަކުން އެކުގައި ފެނިގެން ގޮސްފަ އެވެ. އެއީ "ހޮލިޑޭ"، "ރައުޑީ ރާތުހޯރު" އަދި "ވަންސް އަޕޯން އަ ޓައިމް އިން މުމްބާއީ ދޮބާރާ" އެވެ.

"ނަމަސްތޭ އިންގްލޭންޑް"އަކީ އަކްޝޭ އަދި ކެޓްރީނާ ކައިފް އެކުގައި ފެނިގެން ދިޔަ "ނަމަސްތޭ ލަންޑަން"ގެ ސީކުއަލްއެއް ނޫން ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ބުނެ އެވެ.