29 Apr 2010, 11:53
14:30
ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް މޯލްޑިވްސް މޮޓޯ ރޭސިންގެ ފަރާތުން ކޮކާ ކޯލާ އާއި ބާން އިޝްތިހާރުކުރުމުގެ ގޮތުން މާލެ ވަށާ ސައިކަލު ބުރެއް ޖަހާގޮތަށް ނިންމައިފި އެވެ.
މޮޓޯ ރޭސިން ނުވަތަ އެމްއެމްއާރުގެ ޗެއާޕާސަން ޔޫސުފް މާޒިން މިއަދު ވިދާޅުވީ މާދަމާ ހަވީރު 4 ޖަހާއިރު ސުނާމީ ބިނާކައިރިން ފަށާ ސައިކަލު ބުރު ކުރިއަށްދާއިރު ވޯލްޑް ކަޕާ ބެހޭ މަޢުލޫމާތު ހިމެނޭ ލީފްލެޓް ތަކެއް ބަހަމުންދާނެ ކަމަށެވެ. އަދި އެމްއެމްއާރުގެ މެއިން ސްޕޮންސަރ ކަމަށްވާ ކޮކާ ކޯލާ އާއި ބާރން ރަމްޒުކޮށްދޭ ޓީޝާޓާ ދިދަ ހިފައިގެން 50 ހަކަށް ޒުވާނުން ސައިކަލުގައި ބުރުޖަހަމުންދާއިރު ބޭނުން ފަރާތަކަށް އެ އިވެންޓްގައި ބައިވެރިވޭނެ ކަމަށް ވެސް މާޒިން ވިދާޅުވި އެވެ. އަދި ސައިކަލުތައް ބުރުޖަހާނީ އެއްވެސް އާއްމު ފަރާތަކަށް ދަތިނުވާނެ ގޮތަށް ފުލުހުންގެ އެހީތެރިކަމާއެކު ކަމަށް ވެސް މާޒިން ވިދާޅުވި އެވެ.