09 May 2016, 13:48
މިހާރު މާލެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ހަތް ދުވަހަށް ވެސް ދެމިގެންދާނެ ކަމަށާއި ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފި އެވެ.
މިއަދު 11 ޖެހިއިރުން ފެށިގެން މާލެއާ މާލެ ކައިރި ބައެއް ރަށްރަށް ދަނީ ހުއްޓުމެއް ނެތި ވިއްސާރަކުރަމުންނެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުމަތީގައި ކޮޅިގަނޑެއް އުފެދި ވިއްސާރަ ވިލާ ރާއްޖޭގެ ސަރަހައްދަށް އަރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް ހަތް ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ކުރިއަށް އޮތް ހަތް ދުވަހަށް މޫސުން ލަފާކުރާ ގޮތް
- ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ
- ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރު މިނުގައި
- އުތުރަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގައި ވައިޖެހޭނެ
- ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލާ 60 މޭލަށް ވައިގަދަވާނެ

މިއަދު މޭލެއަށް ވާރޭވެހި މަގުމަތީ ފެންބޮޑުވެފައި: ކުރިއަށް އޮތް ހަތްދުވަހުވެސް ވިއްސާރަކުރާނެ ކަމަށް މެޓުން ބުނޭ -- ސަން ފޮޓޯ
މިއަދުގެ 1:15 އާ ހަމައަށް 43 މިލިމީޓަރުގެ ވާރޭވެރި މާލޭގެ މަގުތަކުގަައި ފެންބޮޑުވެ އާންމުންނަށް ހިނގާބިނގާވެ އުޅެން ވަނީ ދަތިވެފަ އެވެ. ސުކޫލުތަކަށް ދާ ކުދިންނާއި އޮފީސްތަކަށް ދަތުރުކުރާ ފަރާތްތަކުން ފެންބޮޑުވުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު މަގުމަތީގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ
- ބައެއް އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ
- ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ
- އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
- ލާގަނޑުގައި 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން
މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގައި ބައެއް ރަށްތަކަށް އަންނަނީ އުދަ އަރަމުންނެވެ.