09 May 2016, 12:37
ވިއެޓްނާމުގައި ކުރިއަށްދިޔަ އަޔަންމޭން 70.3ގައި ވާދަކޮށް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލު ހުސައިން ޝަމީމް، ޓުރައިތެލޯނުގެ ގައުމީ ރެކޯޑް އާކޮށްފި އެވެ.
އިއްޔެ ވިއެޓްނާމުގައި ބޭއްވި އަޔަންމޭން 70.3ގައި ވާދަކޮށް، ޝަމީމް ގައުމީ ރެކޯޑް އާކުރީ 5:26:29 އިން ޓުރައިތެލޯން ފުރިހަމަކޮށްގެންނެވެ.

ވިއެޓްނާމުގައި ކުރިއަށް ދިޔަ އަޔަންމޭން 70.3ގެ ސްވިމިން އިވެންޓަށް ޝަމީމް ތައްޔާރުވަނީ: އޭނާ ޓްރައިތެލޯން ފުރިހަމަކުރީ 186 ވަނައިގައި އޮވެ ---
ޖުމްލަ 1139 އެތުލީޓުންނާ ވާދަކޮށް، ޝަމީމް ޓުރައިތެލޯން ފުރިހަމަކުރީ 186 ވަނައިގަ އެވެ. ސުވިމިން އިވެންޓުގައި 1.9 ކިލޯ މީޓަރުގެ ރާސްތާއެއް ޝަމީމް ފުރިހަމަކުރީ 38:05 އިން ރޭސް ނިންމައިގެންނެވެ.
ބައިސްކަލު އިވެންޓުގައި 90 ކިލޯ މީޓަރުގެ ރާސްތާއެއް ޝަމީމް ފުރިހަމަކުރީ 2:37:30 އިން ރޭސް ނިންމައިގެންނެވެ. ދުވުމުގެ އިވެންޓުގައި 21.1 ކިލޯ މީޓަރުގެ ރާސްތާއެއް ޝަމީމް ފުރިހަމަކުރީ 2:02:11 އިން ރޭސް ނިންމައިގެންނެވެ.

ވިއެޓްނާމުގައި ކުރިއަށްދިޔަ އަޔަންމޭން 70.3 ގައި ޝަމީމް ދުވަނީ: އޭނާ ޓުރައިތެލޯން ފުރިހަމަކުރީ 186 ވަނައިގައި އޮވެ ---
އެ ޓްރައިތެލޯނުގައި ޝަމީމު ވާދަކުރީ 35-39 އުމުރުފުރާގެ ޑިވިޝަނުގަ އެވެ. އޭނާ އެ ޑިވިޝަން ނިންމާލީ 30 ވަނައިގަ އެވެ.