08 May 2016, 19:08
މާލޭގައި ސައިކަލަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާ ވެއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޮލިމްޕަސް ސިނަމާ ކައިރިން މަޖީދީ މަގުގައި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގި ކަމަށެވެ.
އެވަގުތު މާލެއަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ އެވެ.
ސައިކަލަކާއި ބައިސްކަލެއް ޖެހުނު މި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން "ސަން"އަށް ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި އަންހެނެއް ހިމެނޭ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
އެކްސިޑެންޓް ހިނގި ވަގުތު އެސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން ބުނީ، އެކްސިޑެންޓުގައި އަނިޔާވީ އަންހެން މީހާގެ ބޮލަށް ކަމަށާއި، އޭނާ ކަލާރސް ފިހާރައިގެ ވޭނަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ފެނުނު ކަމަށެވެ.
މަންޒަރު ދުށް އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އެކްސިޑެންޓު ހިނގީ، ނުބައި ކޮޅަކުން ދުއްވާފައި ދިޔަ ބައިސްކަލެއް ސައިކަލެއްގައި ޖެހިގެންނެވެ.
އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވި ކަމަށް ފުލުހުން ވިދާޅުވި އިރު، ދެވަނަ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެ އެވެ. ދެ މީހުންނަށް ވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންދާ ކަމުގެ މައުލޫމާތު ލިބެ އެވެ.