ތަފާތު ރޯލުތައް ކުޅެވޭނެ ކަމަށާއި ޑައިރެކްޓަރުން ވެސް އެކަން ދަނެ ތަފާތި ރޯލުތަކެއް ހުށަހަޅަން ޖެހޭ ކަމަށް ޕްރާޗީ ދެސާއީ ބުނެފި އެވެ.

ދެހާސް ހަ ވަނަ އަހަރުން ފެށިގެން ދެ ހާސް ނުވަ ވަނަ އަހަރާ ހަމައަށް ޒީޓީވީ އިން ގެނެސްދިން ޑްރާމާ ސިލްސިލާ "ކަސަމް ސޭ" އިން އެންމެ ފުރަތަމަ ފެނިގެން ދިޔަ ޕްރާޗީ އަކީ މިހާތަނަށް ބޮލީވުޑުގައި މާ ބޮޑެތި ރޯލުތަކެއް ކުޅެފައިވާ ތަރިއެއް ނޫނެވެ.

ޕްރާޗީ "އައި މީ އޯރް މޭ" ގެ މަންޒަރެއްގައި. އަބަދުވެސް ފެނިގެން ގޮސްފައި ވަނީ ދާދި އެއްގޮތް ރޯލުތަކަކުން --

"ވަންސް އަޕޯން އަ ޓައިމް މުމްބާއީ"، "ތެރީ މެރީ ކަހާނީ،" އަދި "އައި މީ އޯރް މޭ" ފަދަ ފިލްމުތަކުގައި ވެސް ޕްރާޗީ ފެނިގެން ގޮސްފައި ވަނީ ދާދި އެއްގޮތް ރޯލުތަކަކުންނެވެ.

އެކަމާ ގުޅޭ ގޮތުން ޕްރާޗީ ބުނެފައި ވަނީ އަބަދު އެއްކަހަލަ ރޯލުތަކެއް ކުޅެން ލިބެނީ އޭނާގެ "ކެރެކްޓާ" ހުންނަ ގޮތުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"މިހާރު މިކުޅޭ ކަހަލަ ރޯލުތައްވެސް ކަމުދޭ. އެކަމަކު އަހަރެންގެ ހުނަރު އެބަ ހުރި. ތަފާތު ރޯލުތައް އަހަންނަށް ކުޅެވޭނެ. އިންޑަސްޓްރީ އިން އަހަންނަށް އިތުރު ފުރުސަތު ދޭން ޖެހޭ،" ޕަރާޗީ ބުނެފައިވެ އެވެ.

ޕްރާޗީ "ތެރި މެރީ ކަހާނީ" ގެ މަންޒަރެއްގައި. އަބަދުވެސް ފެނިގެން ގޮސްފައި ވަނީ ދާދި އެއްގޮތް ރޯލުތަކަކުން --

ޕްރާޗީ ދެން އެންމެ އަވަހަށް ފެނިގެންދާނީ މި މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު، "އަޒްހަރު" އިން ނެވެ. އެ ފިލްމުގައި ވެސް ޕްރާޗީ އަދާކުރަނީ ވަރަށް އާދައިގެ ރޯލެކެވެ. ޕްރާޗީ ފެނިގެން ދާނީ އިމްރާން ހާޝްމީ (އަޒްހަރު)ގެ އަންހެނުންގެ ރޯލުންނެވެ.