08 May 2016, 13:18
ފުޑްސް އެންޑް ބެރަރޭޖްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް ފެސްޓިވަލެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
"ފުޑް އެންޑް ބެވަރޭޖް ޝޯ"ގެ ނަމުގައި ބާއްވާ އެ ޝޯ އޮންނާނީ އަންނަ ޖޫންމަހުގެ ދޭއް، ތިނެއް އަދި ހަތަރުވަނަ ދުވަހު ނެޝަނަލް އާޓް ގެލަރީގަ އެވެ.
އެ ޝޯގެ މެއިން ސްޕޮންސަރަކީ ނެސްލޭ އިންޓަނޭޝަނަލް އެވެ. ކޯ ސްޕޮންސަރުންނަކީ ސަނީ އެންޓަޕްރައިސަސް އަދި އެސްޓްރާބޯން އެވެ.
ނެސްލޭ ކުންފުނީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެފަދަ ފެސްޓިވަލެއްގެ ބޭނުމަކީ ފުޑް އެންޑް ބެވަރޭޖް ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުން ވިއްކާ ތަކެތި އެއް ފުރާޅެއްގެ ދަށުން އާންމުންނަށް ދައްކައިދިނުން ކަމަށެވެ.
"މިތަނަނުން ކަސްޓަމަރުންނަށް ތަކެތި ގަނެވޭ ގޮތަކަށް ނޫން އަދި އޮތީ، އެހެން ނަމަވެސް ގަންނަން ބޭނުންވާ އެއްޗިއްސަށް އޯޑާ ޕްލޭސް ކުރެވޭނެ މިތަނުން ވެސް،" ނެސްލޭ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
ފެސްޓީވަލަށް ވަންނަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، ފުޑް އެންޑް ބެވަރޭޖް ޝޯ ކުރިއަށްދާ އިރު ކޮންމެ ދުވަހަކު އެތަނަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށެވެ.
ޝޯ ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 11:00 އާއި ހަމައަށެވެ.
އިވެންޓުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.