08 May 2016, 13:38
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2015 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެލިސްޓު އާންމުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާލިސްޓުގައިއާންމު ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 60 ފަރާތެއްގެ މައުލޫމާތު ވަނީ އާންމުކޮށްފަ އެވެ.
އޭގެ އިތުރުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ފަސް ފަރާތެއްގެ ނަން ވަނީ އާންމުކޮށްފަ އެވެ.
އެ އިއުލާނުގައި ބުނީ ލިސްޓުގައި އާންމުކޮށްފައިވާ ފަރާތްތަކަށް ފޯނުން ތަކުރާރުކޮށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުނެފައި ނުވާ ކަމަށެވެ.