ގަލޮޅު ހިޔާވަހި ގޭގެ ސިޑިގޮޅީގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިރޭ ގާތްގަނޑަކަށް 9:15 އެހާކަންހާ އިރު އެމްއެންޑީއެފްގެ ފަޔައެންޑް ރެސްކިއު ސާވިސް އިން ވަނީ އެގޭގެ ސިޑި ގޮޅީގައި ރޯވި އަލިފާން ނިއްވާލައިފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާނު މުހައްމަދު 'ސަން' އަށް މިރޭ ވިދާޅުވީ ގަލޮޅު ހިޔާވަހީގެ ސިޑިގޮޅީގައި ކޮންމެވެސް ވަރަށް ރޯވެގެން އެމްއެންޑީއެފްގެ ފަޔައެންޑް ރެސްކިއު ސާވިސްއިން ގޮސް ނިވާލާފައިވާ ކަމަށެވެ.

އަދުނާނު ވިދާޅުވީ ރޯވީ މާބޮޑަށް ނޫން ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އަލިފާން ނިވާލެވިފައިވާ ކަމަށެވެ.