ރޯޔަލް އިންސްޓިޓިއުޓު އޮފް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ ފުރަތަމަ ހޮނޮރަރީ ޕްރެސިޑެންޓްކަން އެމްޑީއޭގެ ނައިބު ލީޑަރު އާއިޝަތު ރަފިއްޔާ އަށް ލިބިވަޑައިގެންފި އެވެ.

ރަފިއްޔާއަކީ، ރޯޔަލް އިންސްޓިޓިއުޓުގެ ފެލޯޝިޕް ލިބުނު ފުރަތަމަ ދިވެއްސެވެ. އޭނާއަށް ރޯޔަލް އިންސްޓިޓިއުޝަން އޮފް ޕަބްލިކް އެޑްމިނިސްޓްރޭޓާސްގެ ފެލޯޝިޕް ލިބިފައި ވަނީ މިދިޔަ އަހަރު ފިލިޕީންސްގައި ބޭއްވި ރޯޔަލް އިންސްޓިޓިއުޝަންގެ ހަވަނަ ގްލޯބަލް ކޮންފެރެންސްގަ އެވެ.

ރަފިއްޔާ އަދާކުރައްވާފައިވާ މަގާމްތަކުގެ ތެރޭގައި ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ޗީފް މިޝަންގެ މަގާމް ހިމެނެއެވެ.

އޭނާ އަކީ ސަން ސިޔާމް ގްރޫޕްގެ ޗެއާމަން ބިއުރޯގެ ހެޑް އެވެ. ރީޖަނަލް އެލައެންސް ފޯ ފޮސްޓަރިންގް ޔޫތު (ރަފީ) ގެ ފައުންޑާ އަދި ރައީސާ އަކީ ވެސް ރަފިއްޔާއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް އިންތިޚާބުވި ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރަކީ ވެސް ރަފިއްޔާއެވެ. ރަފިއްޔާ އަކީ މިހާރުވެސް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރެކެވެ. ހަމައެހެންމެ އޭނާ އަކީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރެކެވެ.

މާސްޓާސް ފުރިހަމަ ކުރައްވާފައިވާ ރަފިއްޔާ މިހާރު ގެންދަވަނީ އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވަމުންނެވެ.