07 May 2016, 16:21
އައްޑޫ ސިޓީ ހަންކެޑެ ބްރިޖު ސަރަހައްދުގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ އެވެ.
މަރުވި ޒުވާނާއަކީ އައްޑޫ ސިޓީ ފޭދޫ، އަޅިވިލާގެ އިސްމާއިލް ސާމިހް ސައީދެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން" އަށް މިއަދު ވިދާޅުވީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އެ ޒުވާނާ މަރުވީ މިއަދު މެންދުރު 2:30 އެހާކަށްހާއިރު ކަމަށެވެ.
އިސްމާއިލް ވިދާޅުވީ ފުލުހުންނާއި އާންމުން ވެގެން އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ މަރުވެފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.