ކުޅުދުއްފުށީގައި ހަދަމުންދާ ގެއެއްގެ މަތީގައި މަސައްކަތް ކުރަމުންދިޔަ މީހަކު ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

އޭނާއަށް ފަރުވާދެމުންދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އޭނާގެ މައިބަނދައިގައި ރެނދުލާފައިވާ ކަމަށާއި ނަމަވެސް އޭނާ އެހާ ސީރިއަސް ނޫން ކަމަށެވެ.

އޮފިޝަލު ވިދާޅުވީ، ހޮސްޕިޓަލުން ދެވެން އޮތް ފަރުވާ އޭނާއަށް ދީފައިވާ ކަމަށާއި އިތުރު ފަރުވާއަށް މިރޭ ފަތިހުގެ ވަގުތެއްގައި މާލެ ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، 10 ވަރަކަށް ފޫޓު މަތިންވެއްޓި އަނިޔާވެފައިވަނީ ކުޅުދުއްފުށީ ސުޖޫދުގެ މުހައްމަދު އާދަމް ނަމަކަށްކިޔާ 40 ވަރަކަށް އަހަރުގެ މީހެކެވެ.