އުފެދުމުގައި ވެސް ދެ އަތްތިލަ ނެތް ހަތް އަހަރުގެ ކުއްޖަކު އެމެރިކާގައި ބޭއްވި އަތު ލިޔުމުގެ ގައުމީ މުބާރާތެއް ކާމިޔާބު ކޮށްފި އެވެ.

ވަޖީނިއާއަށް އުފަން އަނާޔާ އެލިކް ލިޔުމަށް މަސްނުވީ އަތެއް ބޭނުމެއް ނުކުރެއެވެ. އެލިކް ލިޔަނީ، ކޮޅަށް ހުރެ ރަނގަޅު އޭންގަލް އެއް ބެލުމަށްފަހު އަތުގެ ކުޑަހުޅާ ދިމާލުން ފަންސޫރު ހިފަހައްޓައިގެންނެވެ.

އެލިކްގެ ލިޔެފައިވާ ލިޔުމެއް ---

އެލިކްގެ ޕްރިންސިޕަލް ޓްރޭސީ ކޮންކްސް ބުނީ، އެލިކް އަކީ އެހެން ކުދިންނަށް ހުރި ނަމޫނާއެއް ކަމަށެވެ.

"އެލިކް ކުރަން ބޭނުންވާ ކަމެއް ކުރުމަށް އެއްވެސް ކަމެއް ހުރަސް އެޅިއަކަ ނުދޭނެ. އޭނާ އަކީ ބުރަކޮށް މަސައްކަތްކުރާ ކުލާހުގައި އެންމެ ރީތިކޮށް ލިޔާ ކުދިންގެ ތެރެއިން ކުއްޖެއް،" ޕްރިންސިޕަލް ކޮކްސް ބުނެފައިވެ އެވެ.

އެމެރިކާގެ އަތުލިޔުމުގެ ގައުމީ މުބާރާތަކުން އެއްވަނަ ހޯދި އެލިކް އޭނާއަށް ލިބުނު އެވޯޑާއެކު ---

އަތު ލިޔުމުގެ ގައުމީ މުބާރާތުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީން އެލިކް އެއްވަނަ ހޯދީ އޭނާއާ ވާދަކުރި 50 ބައިވެރިންނާ ވާދަކޮށެވެ.

ދެ އަތް ނެތުމަކީ އެއްވެސް ކަމަކަށް ހުރަހެއް ނޫންކަން އެލިކް ދައްކުވައިދީފި އެވެ. އުމުރުން 30 އަހަރުގެ ޖެސިކާ ކޮކްސް އަކީ ވެސް އެފަދަ ނަމޫނާ އެކެވެ. އުފަންވި އިރު ދެ އަތް ނެތް ޖެސިކާ ކޮކްސް އޭނާގެ ދެ ފައި ބޭނުންކޮށްގެން ކާރު ދުއްވާ ޕިއާނޯ ކުޅުމުގެ އިތުރުން މަތިންދާ ބޯޓު ވެސް ދުއްވައެވެ.