މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލުން އަހުސަން ހާޝިމް އާއި އަހުމަދު ރަމްޒީ ޖާގަ ހޯދައިފިއެވެ.

އެ މުބާރާތުގެ ފައިނަލުން އަހުސަނު ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗު 7-4 ފުރޭމް އިން ދުންޔާޒްގެ މުހައްމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ އަހުމަދު ރަމްޒީ ހޯދީ ވާދަވެރި ކުޅުމަކަށް ފަހު 5-4 ފުރޭމް އިން އިބްރާހިމް ހަނީފް ބަލިކޮށްގެންނެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:15 ގައި ބިލިއާޑް އެސޯސިއޭޝަންގެ ކުލަބު ހައުސް ގައެވެ.