06 May 2016, 23:17
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި، މިއަދު މާލޭގައި ބައިސްކަލު ބުރެއް ބާއްވައިފި އެވެ.
ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ)އާ، ބައިކް މޯލްޑިވްސް ގުޅިގެން ބޭއްވި މި ބައިސްކަލު ބުރު ފަށާފައި ވަނީ ހެންވޭރު އާޓިފިޝަލް ބީޗުން، މިއަދު ހެނދުނު 6:30 ގަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެ އެވެ.
މި ބައިސްކަލު ބުރު އާޓިފިޝަލު ބީޗުން ފަށައި، މާލެ ވަށައި ދުއްވުމަށް ފަހު، ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗަށެވެ.
ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށް އޮތް އާދީއްތަ ދުވަހު ވެސް ޝީއިން ވަނީ ހަރަކާތްތަކެއް ހިންގުމަށް ރާވައިފަ އެވެ.
އެގޮތުން، ފުރަތަމަ ފަހަރަށް ތެލެސީމިއާ ސްކްރީނިންގ ހަދާ 200 ފަރާތްތަކަށް އާދީއްތަ ދުވަހު އެ ޓެސްޓު ހިލޭ ހަދައިދިނުމަށް ޝީ އިން ހަމަޖައްސާފައި ވެ އެވެ.