ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދ. ކުޑަހުވަދުއަށް ވަޑެންނެވި ދުވަހު ކުޑަހުވަދޫ މިސްކިތެއްގައި މެންދުރު ނަމާދާއި އަސްރު ނަމާދުގެ ބަންގި ގޮވިއިރު އަޑުގަދަކުރާ ބޭނުން ނުކުރާ ކަމަށް ދެކެވޭ ވާހަކަތައް އެ މިސްކިތުގެ އިމާމު ދޮގުކުރައްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ކުޑަހުވަދޫގެ އެ މިސްކިތުގައި އިމާމްވެ ނަމާދުކުރި އާރިފް ހަސަން ސަން އަށް ވިދާޅުވީ، އެ ދުވަހުގެ ހުރިހާ ނަމާދެއްގައި ވެސް ބަންގި ގޮވީލައުޑްސްޕީކަރުބޭނުންކޮށްގެން ކަމަށެވެ.

ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި ރައީސް ޔާމީން ކުޑަހުވަދުއަށް ވަޑައިގަތް ދުވަހު އެ މިސްކިތުގައި އަޞުރު ނަމާދާއި މަޣުރިބު ނަމާދަށް ބަންގި ގޮވާފައި ވަނީ ލައުޑްސްޕީކަރު ބޭނުން ނުކޮށެވެ. އެގޮތަށް އަމަލުކޮށްފައި ވަނީ ރައީސް ޔާމީން ވަޑައިގެން ބޭއްވި ޖަލްސާ ހިނގަމުން ދަނިކޮށް ޖަލްސާގެ ބައިވެރިންނަށް އުނދަގޫވެދާނެތީ ކަމަށް ބައެއް ފަރާތްތަކުން ވަނީ އަޑުފަތުރާފައެވެ.