މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބަންދުކުރާ މަގުތަކާއި އެ މަގުތައް ބަންދުކުރާ ގަޑިތައް ފުލުހުން އާއްމުކުރަން ފަށައިފި އެވެ. މިއީ ފުލުހުން މިފަދަ ގޮތަކަށް މަގުތައް ބަންދުކުރާ ގަޑިތަކާއި ބަންދުކުރާ މަގުތައް އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން" އަށް މިރޭ ވިދާޅުވީ ކޮންްސްޓްރަކްޝަން މަސައްކަތްތަކަށް މަގުތައް ބަންދުކުރާ ގަޑިތަކާއި ބަންދުކުރާ މަގުތައް އާއްމުކުރަން ފެށީ އެ ސަރަހައްދުތަކުގެ ޓްރެފިކް އާއްމު ރައްޔިތުންގެ ފަސޭހައަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބަންދުކޮށްފައިވާ ސަރަހައްދެއްފައި ޓުރެފިކް މާ ބޮޑަށް ބާރު ބޮޑުވެއްޖެނަމަ އެ ސަރަހައްދެއްގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

ފުލުހުން ވަނީ ކުރިއަށް އޮތް ދެ ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުގައި ކޮންސްޓްރަކްޝަން މަސައްކަރް ކުރަމުންދާނެތީ އެ މަގުތަކާއި އެ މަގުތައް ބަންދުކުރާނެ ގަޑިތައް ހާމަކޮށްފަ އެވެ.

ހުކުރު ދުވަހު ބަންދުކުރާ މަގުތަކާއި ގަޑިތައް:

  • މައްޗަންގޯޅި: ކޯރުކެނޑިމަގާއި ގުލާބީ މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް
  • މައްޗަންގޯޅި: ރައްދެބައި ހިނގުން، 22:00 ން ފެށިގެން ފަތިހު 04:00 އަށް
  • މާފަންނު: ޗަނބޭލީ މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް
  • މާފަންނު: އޯކިޑް މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް

ހޮނިހިރު ދުވަހު ބަންދުކުރާ މަގުތަކާއި ގަޑިތައް:

  • ހެންވޭރު: ކަށިމާ ހިނގުން، 22:00 ން ފެށިގެން ފަތިހު 04:00 އަށް
  • ހެންވޭރު: ސިއްކަ ގޯޅި، 22:00 ން ފެށިގެން ފަތިހު 04:00 އަށް
  • ގަލޮޅު: ބުރުޒުމަގު، 22:00 ން 23:00 އަށް
  • މައްޗަންގޯޅި: ވައިދެރި ހިނގުން، 22:00 ން ފެށިގެން ފަތިހު 04:00 އަށް
  • މައްޗަންގޯޅި: ސައްޔިދު ކިލެގެފާނު މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް
  • މާފަންނު: މުއިވެޔޮ މަގު، 22:00 ން ފެށިގެން ފަތިހު 04:00 އަށް

ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ ވަގުތުތަކުގައި އެ ސަރަޙައްދުގެ މަގުތަކުން ދުއްވާ ފަރާތްތަކުން މަގުމަތީގެ ތަރުތީބު ގެއްލިގެން ނުދާނެހެން އަދި އެއަގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފު ނުވާނެހެން ދުއްވުމަށް އާއްމު ރައްޔިތުންނަށް ހަނދުމަކޮށްދޭ ކަމަށެވެ.