Last Updated: 10 year 7 month ago
Last Updated:
10 year 7 month ago
ފުލްޓައިމް: އީގަލްސް 0-0 ވެލެންސިއާ
- ގައުމީ ފުޓްބޯޅަ ދަނޑުން: އަލީ ރިފްޝާން، އަހްމަދު މުޖްތަބާ
22:56
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމިއްޖެ. މެޗުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.
89"- ވެލެންސިއާއަށް ފުރުސަތެއް. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ރޮނގުމަތިން އެންޖެލް ފޮނުވާލި ހަމަލާ، ކީޕަރު ސުޖަން ވަނީ މަތަކޮށްފަ.
އީގަލްސްއިން ވެސް ބަދަލެއް ގެނެސްފި. ރިޒްވާންގެ ބަދަލުގައި ކުޅެން ނުކުތީ މަހްރޫސް މުޖުތަބާ.
ވެލެންސިއާއިން ބަދަލެއް. ހިސާމްގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުލް ވާހިދު އިބްރާހިމް.
ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަމްދާންއަށް ކުރި ފައުލަކާ ގުޅިގެން އަކޫއަށް ރީނދޫ ކާޑެއް ދައްކައި، އީގަލްސްއަށް ހިލޭ ޖެހުމެއް ދީފި.
އީގަލްސްއިން ބަދަލެއް. އިހުސާންގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ރާއިފް އަހްމަދު.
73"- ވެލެންސިއާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެންޖެލް ފޮނުވާލި ހަމަލާ، ކީޕަރު ސުޖަން ވަނީ މަތަކޮށްފަ.
ވެލެންސިއާއިން ބަދަލެއް ގެނެސްފި. ރިލްވާނުގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ނިހާން.
މެޗުގެ ދެވަނަ ހާފުގެ 20 މިނެޓުގެ ކުޅުން ނިމުނުއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވޭ.
ވެލެންސިއާއިން ބަދަލެއް ގެނެސްފި. ޔޫސުފް ރަމީޒްގެ ބަދަލުގައި ކުޅެން ނުކުތީ ހާންސްލޭ އަވިލޯ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދެވަނަ ހާފު ފެށީ ވެލެންސިއާއިން.
މިއީ މި މުބާރާތުގައި މި ދެޓީމު ވެސް ކުޅޭ ދެވަނަ މެޗު. ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުގައި ބީޖީއާ ވާދަކޮށް ވަނީ 3-0 ލަނޑުން މޮޅުވެފައި. އީގަލް ޓީސީއާ ވާދަކޮށް 2-1 ލަނޑުން ވަނީ މޮޅުވެފައި.
ދެވަނަ ހާފްގެ ކުޅުން ފެށުމަށް މިހާރު ދެޓީމުގެ ކުޅުންތެރީންނާ އޮފިޝަލުން ދަނޑަށް ނުކުންނަނީ.
އިތުރު ވަގުތުގެ 2 މިނިޓާއެކު ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.
"45+2 - ވެލެންސިއާގެ ހިލޭ ޖެހުމަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އާރިފް ބޮލުން ޖަހައި ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލަށް އަމާޒު ނުވެ ބޭރަށް.
"45 - އީގަލްސް ހާފް ތެރޭން، އެންޖަލްއަށް ނޫމާން ކުރި ފައުލަކާ ގުޅިގެން ނޫމާނަށް ރެފްރީ ރީނދޫ ކާޑެއް ދައްކައިފި. ވެލެންސިއާއަށް ހިލޭ ޖެހުމެއް.
"44- ވެލެންސިއާއިން އަނެއްކާވެސް ރަނގަޅު ފުރުސަތެއް ބޭކާރުކޮށްލީ: އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އަކޫ ވަރަށް ރީތިކޮށް، އޭރިޔާގެ ތެރޭގައި ހުރި އެންޖެލް އަށް ޖައްސާލި ބޯޅަ، އެންޖެލް ކޯންޓްރޯލް ކޮށްލާފައި ފޮނުވާލީ. އެހެން ނަމަވެސް ކީޕަރުގެ އަތުގައި ޖެހިފައި ބޯޅަ ކޯނަރަކަށް ބޭރު.
"41- ވެލެންސިއާއަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް: އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭން ރިލްވާން ވަރަށް ރީތިކޮށް، ގޯލް ކުރިމަތީގައި ހުރި އަކޫއަށް ޖައްސާލި ބޯޅަ އަކޫއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި. ބޯޅަ އަމާޒުވީ ކީޕަރުގެ އަތަށް.
"37- މެޗުގެ ފުރަތަމަ ހާފްގެ ފަހު ދިހަ މިނިޓްގެ ކުޅުން ކުރިއަށް ދާއިރު ދެ ޓީމުގެ ފަރާތުންވެސް އަދި ފެންނަމުން ދަނީ ދާދި ހަމަހަމަ ކުޅުމެއް. އެއްވެސް ޓީމަކަށް އިދިކޮޅު ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވޭ.
"34- ވެލެންސިއާ ޕެނަލްޓީ އޭރިޔާގެ ބެރުން ދަނޑުގެ އަރިމަތީން އީގަލްސްއަށް ލިބުނު ހިލޭޖެހުމަކުން އެޓީމުގެ ރިޒްވާން ފޮނުވާލި ބާރު ޝޮޓު ދިޔައީ ގޯލް ހުރަސް ދަނޑީގެ މަތިން ބޭރަށް.
"31- ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރޭން އީގަލްސްގެސިއްދީގަށް ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލަން މަސައްކަތްކުރި، އެހެންނަމަވެސް ވެލެންސިއާ ޑިފެންޑަރެއްގެ ގައިގަ ޖެހިފަ ބޯޅަ ދިޔައީ ކޯނަރަކަށް ބޭރަށް.
"25 - އީގަލްސްގެ ހަމަލާއެއް. ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރޭން ރިޒްވާން ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް މަތަކުރީ.
ވެލެންސިއާގެ މުހައްމަދު ސިފާނަށް އަނިޔާވެގެން ދަނޑުން ބޭލުމަށް ފަހު އޭނާއަށް ފަރުވާ ދިނުމަށް ފަހު އަލުން ކުޅެން އަރުވައިފި.
ވެލެންސިއާގެ ފުރަތަމަ 11:
މުހައްމަދު ސިފާން
- އަހްމަދު ވިސާމް
- އަހްމަދު ރިލްވާން
- ޔޫސުފް ރަމީޒް
- އެންޖެލް ކަރަސޮސާ މުނޯޒް
- އަކްރަމް އަބްދުލް ޣަނީ
- މުހައްމަދު އާރިފް
- ޗިޒީ ކަކާ
- ހިސާމް ސަލީމް
- މުހައްމަދު ފައިސަލް (ގޯލްކީޕަރު)
- ޝާފިއު އަހްމަދު (ކެޕްޓަން)
އީގަލްސްގެ ފުރަތަމަ 11:
- ޝިފާން ހަސަން
- އަހްމަދު ނޫމާން
- ހުސައިން ސިފާއު
- އިބްރާހީމް މުބީން
- އިމްރާން ނަޝީދު (ކެޕްޓަން)
- އަބްދުﷲ ސަމީހު
- އަހްމަދު ރިޒްވާން
- ހަމްދާން އިބްރާހީމް
- ޑޮން ސޫޖަން ޕެރޭރާ (ގޯލްކީޕަރު)
- މުހައްމަދު ސިއްދީގު
- އަހްމަދު ޒާދު
މެޗު ފަށައިގެން 14 މިނިޓް ކުޅެވިފައި މިވަނީ. އަދި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.