Last Updated: 10 year 7 month ago
Last Updated:
10 year 7 month ago
ދިވެހި ޕްރިމިއާ ލީގު: ޓީސީ 4-1 ވިކްޓަރީ
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅޭ މެޗަށް މި ދެޓީމު ނުކުންނައިރު:
ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އަތުން 2-1 ލަނޑުން ވަނީ ބަލިވެފައި.
- ލީގުގައި ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި އަލަށް އެއްވަނަ ޑިވިޝަނުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އަތުން 5-2 ލަނޑުން ވަނީ ބަލިވެފައި.
- މިދިޔަ ސީޒަނުގައި ޓީސީ ދެވަނައިގައި އޮވެ ލީގު ނިންމާލިއިރު، ވިކްޓަރީން ލީގު ނިންމާލީ ފަސްވަނައިގައި.
- މިދިޔަ ސީޒަނުގެ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުގައި ވިކްޓަރީ އަތުން 3-2 ލަނޑުން ޓީސީ މޮޅުވިއިރު، ދެވަނަ ބުރުގައި ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމިއްޖެ. މެޗު ނިމިގެންދިޔައީ 4-1 ލަނޑުން ޓީސީ ކުރީގައި އޮވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓްގެ ކުޅުން ދައްކައިފި.
87"- ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ރިސްވާން ދިން ބޯޅައަކުން އޮމޮދޫ އުފެއްދި ހަމަލާ، ކީޕަރު އިމްރާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ.
ޓީސީގެ ފަހު ބަދަލު ގެނެސްފި. ރިލްވާންގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އަރާޝް އައްސަދު.
ޓީސީއިން ބަދަލެއް ގެނެސްފި. ޔާމީންގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު ޝައްފާޒް (ސައްޕެ).
75"- ވިކްޓަރީއަށް ލިބުނު ޕެނަލްޓީން އޮމޮދޫ އުފެއްދި ހަމަލާ، ކީޕަރު އިމްރާން ހުޝިޔާރުކަމާއެކު މަތަކޮށްފި.
74"- ވިކްޓަރީއަށް ޕެނަލްޓީއެއް ލިބިއްޖެ. ވިކްޓަރީއަށް އެ ޕެނަލްޓީ ލިބުނީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހްމަދު އަބްދުﷲ (ލިލީ) ބޯޅައިގައި އަތްލުމުން.
ވިކްޓަރީން ބަދަލެއް ގެނެސްފި. ފުރުގާންގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ހަމްދާން.
65"- ޓީސީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ފާސިރު ހެޓްރިކް ފުރިހަމަކޮށްފި.
64"- ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފާސިރުއަށް އަލީ ޝަރީފް (އައްޔަ) ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކައި، ޓީސީއަށް ޕެނަލްޓީއެއް ދީފި.
54"- ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ތަސްނީމް ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، ފުރުގާން އުފެއްދި ހަމަލާ، ކީޕަރު އިމްރާން ވަނީ ފަސޭހަކަމާއެކު ހޯދާފައި.
ދެވަނަ ހާފަށް ޓީސީ ވެސް ނުކުމެފައިވަނީ ބަދަލަކާއެކު. އައްޒާމްގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ޝަމްވީލް ގާސިމް (ބޮންޑާ).
ދެވަނަ ހާފަށް ވިކްޓަރީން ނުކުތީ ބަދަލަކާއެކު. ވަންޑެއްލީގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ މުހައްމަދު ރިސްވާން.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދެވަނަ ހާފުގެ ކުޅުން ފެށީ ޓީސީއިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ލަނޑުން ޓީސީ ކުރީގައި އޮވެގެން.
އޭނާ މި ލަނޑު ކާމިޔާބުކުރީ ވިކްޓަރީގެ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ކީޕަރު އިފްރާހު ކަޓުވާލުމަށްފަހު އުފެއްދި ހަމަލާއަކުން.
44"- ޓީސީއިން ލަނޑެއް ޖަހައި، އަލުން ލީޑު ފުޅާކޮށްފި.މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ފާސިރު.
38"- ޓީސީއަށް އަލުން ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިިބިއްޖެ. ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން ފާސިރު އުފެއްދި ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒުވާން ދަނިކޮށް، ކީޕަރު އިފްރާހު ވަނީ މަތަކޮށްފަ.
އޭނާ މި ލަނޑު ކާމިޔާބުކުރީ ވިކްޓަރީއަށް ލިބުނު ހިލޭ ޖެހުމަކުން އިފާޒް ނަގައިދިން ހުރަހަކުން. ޓީސީގެ ޕެނަލްޓީ އޭރިިޔާ ތެރޭގައި ހުރެފައި އެ ހުރަހުން އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި.
37"- ވިކްޓަރީން ލަނޑެއް ޖަހައިފި.ވިކްޓަރީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ގޮޑްފްރޭ ވެސްޓް.
ވިކްޓަރީގެ ތިން ކުޅުންތެރިއެއް ކައިރިން ކަޓުވާލާފައި ނާއިޒް ދިން ބޯޅައިން ފާސިރުއަށް ވިކްޓަރީގެ ގޯލަށް ނުރައްކަލެއް ނުކުރެވުނު.
34"- ވިކްޓަރީގެ ގޯލަށް ޓީސީއިން އިތުރު ހަމަލާއެއް ފޮނުވާލައިފި. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުން ފާސިރު ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
33"- ޓީސީއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިއްޖެ. ނާއިޒް އުފެއްދި ހަމަލާގައި ބާރެއް ނެތް. ކީޕަރު އިފްރާހު ވަނީ އެ ބޯޅަ އުނދަގުލެއް ނެތި ހޯދާފައި.
އޭނާ މި ލަނޑު ކާމިޔާބުކުރީ ނާފިއު ދިން ރީތި ބޯޅައަކުން. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލުގެ ތެރެއަށް ފާސިރު ބޯޅަ ފޮނުވާލިއިރު، އޭނާއަށް މާބޮޑު ހުރަސްތަކަކާ ކުރިމަތިވެފައެއް ނުވޭ.
25"- ޓީސީއިން އިތުރު ލަނޑެއްޖަހައި، ލީޑު ފުޅާކޮށްފި.ޓީސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ).
24"- ޓީސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ނާފިއުއަށް ލިބުނު ބޯޅަ ހިފައިގެން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
ޓީސީގެ އޭރިޔާ ތެރެއިން ވިކްޓަރީގެ އަހްމަދު މުހައްމަދު (އައްމަޑޭ) ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި.
އޭނާ މި ލަނޑު ކާމިޔާބުކުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން. ނާފިއުއަށް ބޯޅަ ލިބުނު އޭނާ ހުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ވަރަށް ހުސްކޮށް.
17"- ޓީސީއިން ލަނޑެއްޖަހައި، ލީޑު ހޯދައިފި.ޓީސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނާފިއު.
6"- ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. އިފާޒް ނަގައިދިން ހުރަހަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، އޮމޮދޫ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
2"- ޓީސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ފާސިރު ނަގައިދިން ހުރަހަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ނާފިއު ބޮލުން އުފެއްދި ހަމަލާ، ކީޕަރު އިފްރާހު ވަނީ ފަސޭހަކަމާއެކު ހޯދާފައި. އޭނާއަށް ބޯޅަ ލިބުނުއިރު، ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ހުސްކޮށް.
މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ވިކްޓަރީން.
ވިކްޓަރީގެ ފުރަތަމަ 11:
އިބްރާހިމް އިފްރާހު އަރީފް - ގޯލްކީޕަރު
- އިބްރާހިމް ފުރުގާން
- އިސްމާއިލް ޝަފީއު (އިއްސެ) - ކެޕްޓަން
- މުހައްމަދު ތަސްނީމް
- އަލީ އިފާޒް
- ވަންޑެއްލީ ނިކޮލަސް ޕޯލް
- އޮމޮދީ ގޮޑްފްރޭ ވެސްޓް
- އަހްމަދު މުހައްމަދު (އައްމަޑޭ)
- ޝިމޮނޯ އަޓްސުޝީ
- އާދިލް އަބްދުލް ރަހްމާން
- އަލީ ޝަރީފް (އައްޔަ)
ޓީސީގެ ފުރަތަމަ 11:
މުހައްމަދު އިމްރާން - ގޯލްކީޕަރު
- ކުދުސް ކެލާނީ
- އަހްމަދު އަބްދުﷲ (ލިލީ)
- މުރުތަލާ އަބްދުﷲ
- އަލީ ފާސިރު (ސެންޓޭ)
- ޔާމީން އިބްރާހިމް (ޔާމްބެ) - ކެޕްޓަން
- މުހައްމަދު އައްޒާމް
- އަލީ ނާފިއު (ކަޅޭ)
- އަހްމަދު ފައްރާހު
- ނާއިޒް ހަސަން (ދާދު)
- އަހްމަދު ރިލްވާން