05 May 2016, 15:30
ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ސަރުކާރު ކުންފުންޏެއް ކަމުގައިވާ ޚަޒާނާ މޯލްޑިވްސް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން އައްޔަން ކޮށްފައި ވަނީ ހ. ކެލާމާވިލާ އާމިނަތު ޝަރާހަތު އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ އަށް މަރުހަބާ ދަންނަވައިފަ އެވެ.
Congratulations Aminath Sharahath, been the first woman Managing Director of a State Owned Enterprise.
— Mohamed Nizar (@nixaar)May 5, 2016
މިހާތަނަށް ޝަރާހަތު ހުންނެވީ އިސްލާމިކް ބޭންކުގެ ލީގަލް ޑިޕާޓްމަންޓުގެ ވެރިޔާގެ މަގާމުގަ އެވެ. ގާނޫނީ ދާއިރާ އިން ޑިގްރީ ހާސިލްކުރައްވާފައިވާ ޝަރާހަތަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.