05 May 2016, 14:58
ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ނަމްބަރަކަށް ވެސް ހިލޭ ގުޅޭ 5،000 މިނިޓު ހިމެނޭ ގޮތަށް، ދިރާގުން އާ ޕޯސްޓްޕެއިޑް ޕްލޭންތަކެއް ތައާރުފު ކޮށްފި އެވެ.
ދިރާގުން ބުނީ، މިއަދު ދިރާގުން ތައާރަފުކުރި ޕެކޭޖުތަކަކީ އެންމެ ގިނަ އެލަވަންސްތައް ލިބޭ، ރާއްޖޭގެ އެންމެ އަގުހެޔޮ ޕޯސްޓްޕެއިޑް ޕެކޭޖުތައް ކަމަށެވެ.
ދިރާގުން މިއަދު ތައާރަފު ކޮށްފައިވަނީތިން ޕެކޭޖެކެވެ.އެއީ ސްމާޓް 299، ސްމާޓް 499 އަދި ސްމާޓް 899 ޕެކޭޖެވެ.

ސްމާޓް 299 ޕެކޭޖާ އެކު ކޮންމެ ނެޓްވޯކެއްގެ ނަމްބަރަކަށް ވެސް ހިލޭ ގުޅޭ 1،500 މިނިޓު ލިބޭ އިރު ދިރާގު ނަމްބަރުތަކަށް ހިލޭ 500 އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މި ޕްލޭނާ އެކު އެއް ޖީބީގެ ހިލޭ ޑޭޓާ ލިބެ އެވެ.
ސްމާޓް 499 ޕެކޭޖާ އެކު، ކޮންމެ ނެޓްވޯކަކަށް ގުޅޭ ހިލޭ 2،500 މިިޓު ލިބޭނެ އެވެ. އަދި ދިރާގު ނަމްބަރުތަކަށް ހިލޭ 1،000 އެސްއެމްއެސް ކުރެވޭ އިރު، ދެ ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ.
ދިރާގުން ތައާރަފު ކުރި އެންމެ ބޮޑު ޕެކޭޖަކީ ސްމާޓް 899 ޕެކޭޖެވެ. ކޮންމެ ނެޓވޯކަކަށް ގުޅާލެވޭނެ ހިލޭ 5،000 މިނިޓު މި ޕެކޭޖުން ލިބޭ އިރު ދިރާގު ނަމްބަރުތަކަށް ކުރެވޭ 3،000 ހިލޭ އެސްއެމްއެސްއާ 6.5 ޖީބީގެ ޑޭޓާ ވެސް ލިބެ އެވެ.
ސްމާޓް 299 ޕެކޭޖު ފިޔަވައި، މިއަދު ތައާރަފު ކުރެވުނު އަނެެއް ދެ ޕެކޭޖު ނަގާ ފަރާތަކަށް ހިލޭ ގުޅޭނެ ތިން ނަމްބަރެއް އިޚްތިޔާރު ކުރެވޭނެ އެވެ. އަދި ޕޯސްޓްޕެއިޑްގެ ކޮންމެ ޕެކޭޖަކުން ވެސް، ބޭނުންވާ ކޮންމެވެސް އެއް ބޭރު ގައުމަކަށް ގުޅުމަށް 40 ޕަސަންޓުގެ ޑިސްކައުންޓް ލިބިގެން ދާނެ އެވެ.