09 May 2011, 17:09
ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ [އެންސްޕާ] ފަޅާލައި ބައެއް އެއްޗިއްސަށް ގެއްލުން ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެންސްޕާ ފަޅާލީ މިއަދު ހެނދުނު ކަމަށާއި އެތަނުގައި ހުރި ބައެއް އެއްޗިއްސަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެތަނުން އެއްވެސް އެއްޗެއް ގެއްލުނު ކަން ރިޕޯޓުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އެ މައްސަލާއާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.