09 May 2011, 16:00
އަމިއްލަ ފަރާތަކުން މާލޭގައި އާ ހައިސްކޫލެއް ގާއިމްކޮށްފި އެވެ. "މެޕްސް އިންޓަނޭޝަނަލް ހައި"ގެ ނަމުގައި މާލޭގައި މިހާރު ވެސް ކިޔަވައިދުނުމުގެ މަސައްކަތްކުރާ މެޕްސް ކޮލެޖުން ގާއިމްކުރި، ހައިސްކޫލްގައި ރާއްޖޭގެ އެފަދަ އެހެން ސްކޫލްތަކުގައި ކިޔަވައިނުދޭ މާއްދާތައް ވެސް ކިޔަވައިދޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
މެޕް އިންޓަނޭޝަނަލް ހައިއިން މިއަދު ބުނީ އެޑިއުކޭޝަންގައި އެ ސްކޫލް ރަޖިސްޓްރީކޮށްފައި ވަނީ މިދިޔަ އޭޕްރީލްމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނަކަމަށް ވެސް ބުންޏެވެ.
ސޯސަންމަގުގައި ހުންނަ މެޕްސް ކޮލެޖްގެ ކެމްޕަހުގައި ހުޅުވި މި ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް އެ ކެމްޕަސްގައި ހުރި ކިޔެވުމުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމުގެ ފުރުސަތު އޮންނާކަމަށް ވެސް ސްކޫލުން ބުންޏެވެ.
މެޕްސް އިންޓަނޭޝަނަލް ހައި ގައި ކިޔަވައިދޭ ކަރިކިއުލަމް ހާއްސަކޮށްފައި ވަނީ ކޮމާސް ސްޓްރީމާއި ބިޒްނަސް އަދި އިންްފޮމޭޝަން ޓެކްނޮލޮޖީއަށެވެ.