04 May 2016, 20:47
އިކޮނޮމިކް މިނިސްޓްރީ އިން ހުށަހެޅި ހޭގް އެޕޮސްޓައިލް ކޮންވެންޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވާން ނިންމައިފި އެވެ.
އެގޮތަށް ނިންމާފައި ވަނީ އެ ކޮންވެންޝަނުގައި ބައިވެރިވުމާ ގުޅޭގޮތުން މިއަދު ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އެ ކޮންވެންޝަނަކީ، ބައިވެރިވާ މެންބަރު ގައުމެއްގެ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާތަކުން ދޫކުރާ ރަސްމީ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި، އެ ލިޔުމެއް ދޫކުރި ގައުމަކުން ކަނޑައަޅާފައިވާ އެ ގައުމެއްގެ ކޮމްޕީޓަންޓް އޮތޯރިޓީ ނުވަތަ، ކޮމްޕީޓަންޓް އޮތޯރިޓީތަކުން އެ ލިޔުމެއް ދޫކުރި މުއައްސަސާއާއި، އެ ލިޔުމެއްގައިވާ ސޮޔާއި ތައްގަނޑަކީ، އެ ލިޔުމެއް ދޫކުރި ގައުމުގެ ސަރުކާރުގެ ކަމާބެހޭ މުއައްސަސާއިން ދޫކުރި ލިޔުމެއްކަން ކަށަވަރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މެންބަރުން އެއްބަސްވެ ސޮއިކޮށްފައިވާ ކޮންވެންޝަނެކެވެ.